Advertisement
ކ. މާލެ
|
10 މާރޗް 2021 | ބުދަ 16:43
ޕީޖީ ހުސައިން ޝަމީމްއާއި ބަންޑާރަނައިބް އިބްރާޙިމް ރިއްފަތު އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕީޖީ ހުސައިން ޝަމީމްއާއި ބަންޑާރަނައިބް އިބްރާޙިމް ރިއްފަތު އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އޭޖީ އޮފީސް
ވަކީލުންނަށް ދިމާވާ ދަތިތައް ޙައްލު ކުރުން
ދައުލަތުގެ އެހީގައި އައްޔަންކުރާ ވަކީލުންނަށް ދިމާވާ ދަތިތައް ހައްލުކުރުމާގުޅޭ އެއްބަސްވުމެއް
ލިޔެކިއުންތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބޭގޮތަށް ހަމަޖެހިގެންދާނެ
ލިޔެކިއުންތައް ލިބުމުގައި ޢައްޔަނުކުރެވޭ ޤާނޫނީ ވަކީލުންނަށް ދަތިތަކެއް ކުރިމަތިވޭ
ވަކީލެއް ހަމަޖެއްސެން ނެތް ކުދިންނަށްވެސް ވަކީލުން ހަމަޖައްސަންޖެހޭނީ ދައުލަތުން

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ޖިނާއީ މައްސަލަތަކުގައި ލިޔެކިއުންތައް ލިބުމުގައި ވަކީލުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އެއްބަސްވުމެެއްގައި ސޮއި ކުރައްވައިފިއެވެ.

އޭޖީ އޮފީހުން ބުނީ ބުދަ ދުވަހު ސޮއިކުރި އެމްއޯޔޫގެ ސަބަބުން ދައުލަތުން ޢައްޔަންކުރާ ޤާނޫނީ ވަކީލަށް މައްސަލައިގެ ލިޔެކިއުންތައް އެޓަރނީ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ނައްތާލައި، އަވަސް މުއްދަތެއްގެ ތެރޭގައި އެ ލިޔެކިއުންތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބޭގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ.

Advertisement

ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ، މީހުންނަށް ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުގެ އެހީގައި ވަކީލުން ހަމަޖައްސަންޖެހޭނެއެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ހައްޔަރުކުރާ ކުދިންގެ ތެރެއިން ޤާނޫނީ ވަކީލެއް ހަމަޖެއްސެން ނެތް ކުދިންނަށްވެސް ވަކީލުން ހަމަޖައްސަންޖެހޭނީ ދައުލަތުންނެވެ. އަދި އެ މަސައްކަތް ކުރަމުން ގެންދަނީ އެޓަރނީ ޖެނަރަލްގެ އޮފީހުންނެވެ.

ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އޭޖީ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައިވާކަން ފާހަގަކޮށް، އޭޖީ އޮފީހުން ބުނީ ޤާނޫނީ އެހީތެރިކަން ދިނުމަށް ޝަރުޠު ފުރިހަމަވެގެން، ދައުލަތުން ޤާނޫނީ ވަކީލު ޢައްޔަންކޮށްދިން ނަމަވެސް، ލިޔެކިއުންތައް ލިބުމުގައި ޢައްޔަނުކުރެވޭ ޤާނޫނީ ވަކީލުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިއަދު ޕީޖީ އޮފީހާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން، އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް
11 މާރޗް 2021 | ބުރާސްފަތި 09:33
ޏ
ވަކީލުންގެ އެތިކްސް އޮންނަ ގޮތެއްވެސް ބަލަންޖެހޭ ނޫންތޯ؟ މީހުން މެރުމާއި ވައްކަމާއި ޑްރަގްސްގެ ބޮޑަތި މައްސަލަތަކުގެ މީހުންގެ ދިފާއުގައި ކޯޓްތަކަށްގޮސް އިޖުރާއީ އެންމެ ނުކުތާއެއްގައި ހިފާ އެމީހުން މިނިވަންކޮށް ދޫކޮށްލަން ވަކާލާތު ކުރާތަން މިފެންނަނީ.