ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 18:23
މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް އަނަސް އަބްދުއް ސައްތާރު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް އަނަސް އަބްދުއް ސައްތާރު
ޓްވިޓަރ
ލޯކަލް ކައުންސިލް އިންތިހާބު
ކައުންސިލް އިންތިހާބަށްފަހު ހުޅުމާލެއާ ހަވާލުވާނީ މާލޭ ސިޓީ ކައުންސިލުން، ފުރަތަމަ ބައްދަލުވުމުގައި ކުރާނީ ހުޅުމާލޭ ލޭންޑް ޔޫސް ޕްލޭން ހެދުން – އަނަސް
 
ކައުންސިލަކީ ބާރުވެރި ތަނެއްގެ ގޮތުގައި ވެގެންދާނެ
 
މާލޭ ސިޓީއަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުވާން ޖެހޭ
 
މަރުކަޒީ ނިޒާމް އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް

ލޯކަލް ކައުންސިލް އިންތިހާބަށްފަހު ހުޅުމާލެއާ ހަވާލުވާނީ މާލޭ ސިޓީ ކައުންސިލުން ކަމަށާއި، ސިޓީ ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި އޮންނާނީ ރައްޔިތުންގެ މަޝްވަރާއާއެކު ހުޅުމާލޭ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ކުރަންޖެހޭ ކަންކަން ނިންމުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ ލާމަރުކަޒީ ނިޒާމް އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް ކަމަށާއި، އެމްޑީޕީގެ ކެނޑިޑޭޓުންނަކީ މި ނިޒާމަށް ފަރިތަ ކެނޑިޑޭޓުން ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ހުޅުމާލެ ވެގެންދާނީ ވަކި ކައުންސިލަރަކު ހުންނަވާ ތަނެއްގެ ގޮތުގައިކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ކެމްޕެއިންގެ މިހާހިސާބަށް އައިއިރު، އެންމެ ބޮޑަށް ފާހަގަވިކަމަކީ މާލެ ސިޓީއަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ކަމަށާއި، އެކަމަށް ސިޓީ ކައުންސިލުން ޕްލޭންތަކެއް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ކެނޑިޑޭޓުން ވަނީ މިހާރު ޕްލޭންތައް ހަދާފައި ކަމަށާއި، އެގޮތުން ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި، ރައްޔިތުންނާއި ގުޅިގެން ހުޅުމާލޭ ލޭންޑް ޔޫސް ޕްލޭންއެއް ހެދުން ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ މިގޮތަށް ރައްޔިތުންނާ ގުޅިގެން ކަންކަން ކުރުމުން ސަރުކާރަށް ސިޓީ ކައުންސިލުން ނިންމާ ކަންކަން ކުރުމަށް މަޖުބޫރުވެގެންދާނެ ކަމަށާއި، ކައުންސިލަކީ ބާރުވެރި ތަނެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އިންތިހާބު ވެގެން އައުމަށްފަހު ސިޓީ ކައުންސިލްގެ ޕްލޭންތައް ރައްޔިތުންނާއި ގާތުން ހެދިގެންދާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

މާލޭ ސިޓީގައި ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، މިއީ އެއްވެސް ސަރުކާރަކަށް މިހާހިސާބަށް ހައްލުކުރެވިފައިވާ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް މިސަރުކާރުން ވަނީ މި މައްސަލަ ސިޓީ ކައުންސިލާއި ގުޅިގެން ހައްލު ކުރާނެކަމުގެ ޔަގީންކަން ދީފައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
17%
0%
0%
83%
0%
ކޮމެންޓް
5 މާރޗް 2021 | ހުކުރު 01:39
ކިނބޫ
ލޭންޑްޔޫސްޕްލޭން ހަދަން ތަންމަތިގަނޑުން ތެދުވެގެން ދެވޭނެތަ؟ ބާކައުންސިލުން މަގާމު ލިބުނީމަވެސް ވީވަރު ހަމަވާނީ. ތިކަހަލަ ކަންނެއް މީހުންނަށް ކުރެވޭނެ ކަމެއް އޮވޭތަ؟
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ