ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 19:12
މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުޙައްމަދު ވާހަކަ ދައްކަވަނީ
2018 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީ ވި މީހުން
2018 ވަނަ އަހަރު މިއިން ޒަމާނެއްގައި ނުވާ ވަރަށް ރައްޔިތުން ދަފްތަރުގައި ރަޖިސްޓްރީ ކުރެވުނު- މޭޔަރު ޝިފާ
 
2000 ވުރެ ގިނަ ރައްޔިތުން ދަފްތަރުގައި ރަޖިސްޓްރީ ކުރެވިގެން ދިޔަ
 
ޝިފާ ވިދާޅުވީ 2018 ވަނަ އަހަރު ދަފްތަރަށް ކަންތައް ކުރެއްވި ގޮތަށް ބަލާއިރު ދަފްތަރަށް ކުއްލިއަކަށް މީހުންތަކެއް ގެނެވުނު ކަމަށް

2018 ވަނަ އަހަރު މިއިން ޒަމާނެއްގައި ނުވާ ވަރަށް ރައްޔިތުން ދަފްތަރުގައި ރަޖިސްޓްރީ ކުރެވުނުކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ހިޔާ ފްލެޓްގެ މައްސަލަ ދިރާސާ ކުރުމަށް ސިޓީ ކައުންސިލްގެ ފަރާތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން މޭޔަރ ޝިފާ ވިދާޅުވީ 2018 ވަނަ އަހަރު ދަފްތަރަށް ކަންތައް ކުރެއްވި ގޮތަށް ބަލާއިރު ދަފްތަރަށް ކުއްލިއަކަށް މީހުންތަކެއް ގެނެވުނު ކަމަށާއި މާލޭގައި ނޫޅޭ އެތައް މީހުންނެއް މާލޭގައި ދިއިރުއުޅޭ ކަމަށްވެ، 2000 ވުރެ ގިނަ ރައްޔިތުން ދަފްތަރުގައި ރަޖިސްޓްރީ ކުރެވިގެން ދިޔަކަމަށެވެ.

ޝިފާ އިތުރަށް ވިދާޅުވީ ވަގުތީ ދަފްތަރުގެ ނަމުގައި މި ދަފްތަރު ތައާރަފު ކުރެވިގެން ދިއައިރު ގަވައިދުގައި ބުނަނީ ދަފްތަރުގައި ޖެހެވޭނީ 5 އަހަރު މާލޭގައި އުޅެފައިވާކަމުގެ ޔަގީންކަން ދައްކުވައިދޭ ލިޔެކިޔުންތައް ގެނެސްގެން ކަމަށެވެ. ނަމަވެސް އޭރު ގެނެވުނު ގިނަ މީހުންގެ އަތުގައި އެކަން ސާބިތު ކޮށްދޭނެ ލިޔެކިޔުން ނެތްކަމަށް ޝިފާ ވިދާޅުވިއެވެ. އަދި އަތޮޅު ތެރެއިން ރަޖިސްޓްރީން ނުކެނޑި، ދަފްތަރުގައި ރަޖިސްޓްރީ ވެގެން ގިނަ ބަޔަކު ދިޔަކަމަށް މޭޔަރ ޝިފާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ ހިޔާ މަޝްރޫއުއަށް ބަލާކަމުގައިވާނަމަ ސިޓީ ކައުންސިލުން އަބަދުވެސް ބައެއް އުސޫލުތަކަށް ފާޑުކިޔަމުން އައި ކަމަށާއި، ބައެއް އުސޫލުތަކާއިމެދު ހިންހަމަ ނުޖެހުން ފާޅު ކުރަމުން އައި ކަމަށެވެ. އަދި އުފެދޭ ސުވާލަކީ ފްލެޓް ކޮމިޓީން ބުރަ މަސައްކަތް ކުރައްވާފައި އޮތް ނަމަވެސް ޝަކުވާއަކީ އެހުރިހާ ކަމެއްކޮށް ނިމުންއިރު މާލޭ ސިޓީ ކައުންސިލާ އެއްވެސް ޒިންމާއެއް ހަވާލު ކޮށްފައި ނުވާ ކަން ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް
5 މާރޗް 2021 | ހުކުރު 21:16
މުުުުުމާހ
މާލޭމީހުންއެކަނިއުޅެންއޮއްތަނެއްތަމާލެއަކީ؟
5 މާރޗް 2021 | ހުކުރު 14:47
ދަފްތަރު
ޢަސްލު ދަފްތަރު އެއީ ކިން ބޭނުމެެއގައި ގެންގުަޅޭ އެއްޗެއްތަ؟ ދަފްތަރު އުވާލަން އެބަ ޖެހޭ. .މީ މާލޭ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް.