ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 12:43
އިންތިޚާބެއްގައި އޮފިޝަލުން ވޯޓު ގުނަނީ
އިންތިޚާބެއްގައި އޮފިޝަލުން ވޯޓު ގުނަނީ
އިލެކްޝަންސް ކޮމިޝަން
އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަނީ
ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އަލުން އިއުލާންކޮށްފި
 
ކުރިޔަށް އޮތް އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި 7000 އާއި 8000 އާ ދެމެދުގެ އަދަދަކަށް އޮފިޝަލުން ބޭނުންވާނެ
 
ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ

އަންނަ އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އިޢުލާން ކޮށްފިއެވެ.

އެކަމާ ގުޅިގެން އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރިން އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކުރިމަތިލާ އަދި ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައި ހޮވުނުކަން އަންގާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަންނުޖެހޭނެ ކަމަށެވެ. ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު [email protected]އަށް ފޮނުވުމަށް އީސީން ވަނީ އެދިފައެވެ. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ލިބެންހުންނާނެ ކަމަށް އީސީން ބުނެއެވެ.

އަދި ބޭނުންވާ ޢަދަދަށް, މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށްވެސް އީސީން ބުނެއެވެ.

އީސީން ބުނެފައިވަނީ ކުރިއަށް އޮތް އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި 7000 އާއި 8000 އާ ދެމެދުގެ އަދަދަކަށް އޮފިޝަލުން ބޭނުންވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އިންތިޚާބުގެ ބަޖެޓާ ގުޅޭގޮތުން މައުލޫމާތުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުންގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 50 އިންސައްތައަށް ވާވަރުގެ އޮފިޝަލުން ކަމަށެވެ.

އަދި އޮފިޝަލުން ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސިޔާސީ ޕާޓީތަކާއި އެކި ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިވެގެން އޮފިޝަލުން ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
31%
0%
0%
8%
23%
38%
ކޮމެންޓް