ކ. މާލެ
|
3 މާރޗް 2021 | ބުދަ 14:00
ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ރޮއިޓަރސް
ބްރެޒިލްއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓް
ބްރެޒިލް އިން މިފަހުން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓް ކުރިޔަށްވުރެ ހަލުވި މިނުގައި ފެތުރޭކަމަށް ސައިންސްވެރިން ބުނެފި
ޕީ1 ފެތުރޭ މިންވަރު 1.4 އާއި 2.2 ގުނަ އިތުރު
ބްރެޒިލް އިން މިފަހުން އިނގިރޭސިވިލާތަށް އައި މީހުންގެ ތެރެއިން 6 މީހެއްގެ ފުށުން ވަނީ އައު ވޭރިއަންޓް ފެނިފައި
މިއަހަރު ފެށުނުތަނާ ބްރެޒިލްއަށް ކޮވިޑްގެ ސަރޖެއް އައިސް ހޮސްޕިޓަލްތައް ވަނީ ބަލި މީހުންނައިގެން ފުރިފައި

ބްރެޒިލްއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓް އިނގިރޭސިވިލާތުން ފެނިފައިވާއިރު އެ ވޭރިއަންޓާ ގުޅޭގޮތުން ހެދި ފުރަތަމަ ދިރާސާއިން މިވޭރިއަންޓް ހަލުވިކަމާއެކު ފެތުރޭކަމަށާއި ދިފާއީ ނިޒާމަށް ނޭނގި ހަށިގަނޑުގައި އުޅޭކަމަށް ސައިންސްވެރިން ބުނެފިއެވެ.

ބްރެޒިލް އާއި އިނގިރޭސިވިލާތުގެ ސައިންސްވެރިން ގުޅިގެން ކުރިޔަށްގެންދިޔަ މި ދިރާސާތަކުން ހާމަވެފައިވަނީ ބްރެޒިލްއިން ފެނިފައިވާ މި އައު ވޭރިއަންޓް ކަމުގައިވާ ޕީ1 ފެތުރޭ މިންވަރު 1.4 އާއި 2.2 ގުނަ ކުރިން އެމޭޒަން ސިޓީގެ މުއާނަސް އިން ފެނުނު ވޭރިއަންޓަށްވުރެ އިތުރުކަމަށެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖާއި ސައު ޕައުލޯގެ ޔުނިވަރސިޓީން ކުރިޔަށް ގެންދިޔަ މިދިރާސާއިން އެނގިފައިވަނީ މި ވޭރިއަންޓް ހަށިގަނޑުގެ ދިފާއީ ނިޒާމަށް ނޭނގި ފިލައިގެން އުޅޭ މިންވަރު ކުރީގެ ވޭރިއަންޓާ އަޅާބަލާއިރު ހުރީ 25 އިންސައްތަ އާއި 61 އިންސައްތައިގައެވެ.

މިދިޔަ ހޫނު މޫސުން ނިމެންވީއިރު މުއާނަސް ގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވަނީ ކޮވިޑްގެ އިމިޔުނިޓީ ލިބިފައެވެ. އެއީ ބްރެޒިލްއަށް އައި ކޮވިޑްގެ ފުރަތަމަ ރާޅެވެ. އެހެންނަމަވެސް މިއަހަރު ފެށުނުތަނާ ބްރެޒިލްއަށް ކޮވިޑްގެ ސަރޖެއް އައިސް ހޮސްޕިޓަލްތައް ވަނީ ބަލި މީހުންނައިގެން ފުރި ތޮއްޖެހިފައެވެ. އަދި ބަލި މީހުންނަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ލިބުމުގެ ދަތިކަން ވަނީ ޖެނުއަރީ މަހު ކުރިމަތިވެފައެވެ.

ބްރެޒިލް އިން މިފަހުން އިނގިރޭސިވިލާތަށް އައި މީހުންގެ ތެރެއިން 6 މީހެއްގެ ފުށުން ވަނީ ބްރެޒިލް އިން ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓް ކަމުގައިވާ ޕީ1 ފެނިފައެވެ.

- ކޮމެންޓް