ކ. މާލެ
|
3 މާރޗް 2021 | ބުދަ 10:03
ޮކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުން ދަނީ
ޮކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުން ދަނީ
ރާއްޖެ އެމްވީ
ފްރަންޓްލައިން މަސައްކަތްތެރިންގެ އެލަވަންސް
ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި
 
މިހާތަނަށް ދޫކޮށްފައި ވަނީ 101.97 މިލިއަން ރުފިޔާ
 
އެލަވަންސް ދޫކޮށްފައި ވަނީ 10,945 ފްރަންޓްލައިން މަސައްކަތްތެރިންނަށް
 
ފްރަންޓްލައިން އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން

ކޮވިޑް-19 ގެ ސަބަބުން ފްރަންޓްލައިންގައި މަސައްކަތްކުރަމުންދާ މީހުންނަށް އެލަވަންސްގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 10,945 ފްރަންޓްލައިން މަސައްކަތްތެރިންނަށް 101.97 މިލިއަން ރުފިޔާ ވަނީ އެލަވަންސްގެ ގޮތުގައި ދޫކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިން ދޭން ނިންމާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ އަދި ލޯ ރިސްކް ކެޓަގަރީއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކް މީހުންނާއި، ތަކެއްޗާއި، ގާތުން ދިމާވެދާނެ މީހުން ހައި ރިސްކް ކެޓަގަރީގައި ހިމެނޭއިރު، އެ ކެޓަގަރީގެ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭންނުޖެހުނު ނަމަވެސް، ހައި ރިސްކް މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުން ހިމެނޭއިރު، އެ މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާއެވެ.

ލޯ ރިސްކް ކެޓެގަރީގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ. ލޯ ރިސްކް ކެޓަގަރީގައި ހިމެނެނީ ހައި ރިސްކް އަދި މީޑިއަމް ރިސްކް ކެޓެގަރީގައި ނުހިމެނޭ، އެހެން ނަމަވެސް ކޮވިޑް-19 ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

ސަރުކާރުން ފްރަންޓްލައިން އެލަވަންސް ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
0%
50%
0%
0%
ކޮމެންޓް