ކ. މާލެ
|
1 މާރޗް 2021 | ހޯމަ 22:47
ކޮވިޑް-19 ރެންޑަމް ސާމްޕަލް ނެގުމަށް ސިއްހީ އެހީތެރިން ހަރަކާތްތެރި ވަނީ
ކޮވިޑް-19 ރެންޑަމް ސާމްޕަލް ނެގުމަށް ސިއްހީ އެހީތެރިން ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 20،000ށް އަރަނީ
 
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 19،979ށް އަރާފައި
 
އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،567
 
ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާހޯދަމުން ދަނީ 181 މީހުން

ރާއްޖެއިން އިތުރު 186 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ, ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20،000ށް އެރުމާއި ގާތްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު ރާއްޖެއިން ޕޮޒިޓިވްވި އިތުރު 186 މީހުންގެ ތެރެއިން 152 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަޙައްދުން ކަމަށެވެ. 23 މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރޭގެ ރަށްރަށުންނެވެ. އަދި ލިވަބޯޑް ވެސެލްތަކުން އެކަކު ޕޮޒިޓިވްވެ މިހާތަަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 19،979ށް އަރާފައެވެ.

އޭގެ އިތުރުން، ރާއްޖެއިން މިވަގުތުވެސް 181 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،567 އެވެ. އަދި މިހާތަނަށް ރާއްޖެއިން ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،343 އެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރުމަށް 527،850 ސާމްޕަލްއެއް ނަގާފައިވާއިރު، އޭގެ ތެރެއިން 4،247 ސާމްޕަލްއަކީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ނަގާފައިވާ ސާމްޕަލްތަކެވެ.

ރާއްޖެއިން މިބަލީގައި 62 މީހަކު މަރުވެފައިވާއިރު، އެޗްޕީއޭ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11ގައި ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ ފިރިހެނެއް އާދިއްތަ ދުވަހުގެރޭ ފަތިހު 5:06 ގައި ނިޔާވެފައިވާ ކަމަށެވެ.

އެއީ 62 އަަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހޮނިހިރު ދުވަހު ވެސް ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 80 އަހަރުގެ މީހަކު ނިޔާވެފައިވާ އިރު، މި މަހުގެ 20 ވަނަ ދުވަހު އިތުރު 2 މީހަކު ނިޔާވެފައިވެއެވެ.

ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 55 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
50%
50%
0%
0%
0%
ކޮމެންޓް