ކ. މާލެ
|
1 މާރޗް 2021 | ހޯމަ 13:15
މާލޭގެ މަގެއް، މިސަރވޭއަށް އާއްމުންގެ އެއްބާރުލުން ދިނުމަށް އެދިފައިވޭ
މާލޭގެ މަގެއް، މިސަރވޭއަށް އާއްމުންގެ އެއްބާރުލުން ދިނުމަށް އެދިފައިވޭ
ރާއްޖެއެމްވީ
ބިއުރޯއިން ކުރިއަށް ގެންދާ ސަރވޭ
''ރެފިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް" ސަރވޭގެ ޕްރީޓެސްޓެއް މާދަމާ!
ޕްރީޓެސްޓު ކުރުމަށް ހަމަޖެހިފައިވަނީ "ހަޔަސް 2020/2019 ގައި ހޮވިފައިވާ ގޭބިސީތަކުގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީތައް
އަންގާރަ ދުވަހުގެ ހެނދުނު 8:30ން މެންދުރުފަހު 2:00އާދެމެދު މައުލޫމާތު ނެގުމަށް ގުޅަމުން ގެންދާނެ
600 ގޭބިސީއަކަށް ފޯނު މެދުވެރިކޮށް ގުޅުމަށް ހަމަޖެހިފައިވޭ

"ރެފިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް" ސަރވޭގެ ޕްރީޓެސްޓެއް އަންގާރަ ދުވަހު ކުރިއަށްދާނެ ކަަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

ނޭޝަނަލް ބިއުރޯއިން ބުނީ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ހަޔަސްގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު ކުރުމަށް ހަމަޖެހިފައިވާ "ރެފިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް" ސަރވޭގެ ޕްރީޓެސްޓެއް މި މަހުގެ 2 ވަނަދުވަހުން ފެށިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.

މިސަރވޭ ކުރެވޭނީ ފޯނު މެދުވެރިކޮށްކަން ފާހަގަކޮށް ނޭޝަނަލް ބިއުރޯއިން ބުނީ މާލެއާއި އަތޮޅުތެރެއިން ހޮވާލެވޭ ގޭބިސީތަކަކަށް ޕްރީޓެސްޓްކުރުމަށް މިމަހުގެ ދެވަނަ ދުވަހުގެ ހެނދުނު 8:30ން މެންދުރުފަހު 2:00އާދެމެދު މައުލޫމާތު ނެގުމަށް ބިއުރޯއިން ގުޅަމުން ގެންދާނެ ކަމަށެވެ. އަދި ނޭޝަނަލް ބިއުރޯއިން ބުނީ ޕްރީޓެސްޓު ކުރުމަށް ހަމަޖެހިފައިވަނީ ބިއުރޯގެ ފަރާތުން ކުރެވުނު "ހަޔަސް 2020/2019 ގައި ހޮވިފައިވާ ގޭބިސީތަކުގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީތައް ކަމަށެވެ.

ނޭޝަނަލް ބިއުރޯއިން ބުނީ މިޕްރީޓެސްޓްގެ އަލީގައި ސުވާލު ކަރުދާސް ފައިނަލްކުރުމަށް ފަހު މިސަރވޭގެ މައުލޫމާތު ނެގުމުގެ މަސައްކަތް މިމަހުގެ 17 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، 600 ގޭބިސީއަކަށް ފޯނު މެދުވެރިކޮށް ގުޅުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ބިއުރޯއިން ބުނެއެވެ.

މިސަރވޭއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ކުރެވޭސަރވޭއެކެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެނަމަ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑު މަސައްކަތަކަށް ވުމާއެކު، އާއްމުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ނޭޝަނަލް ބިއުރޯއިން ވަނީ އެދިފައެވެ. އަދި މިހާތަނަށް ދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ވެސް ނޭޝަނަލް ބިއުރޯއިން ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް