ކ. މާލެ
|
28 ފެބްރުއަރީ 2021 | އާދީއްތަ 17:21
މ. މުލީގައި ހަދާ ޑޮމެސްޓިކް އެއަރޕޯޓުގެ މަޝްރޫއުގައި ސޮއިކުރުމުގެ ތެރެއިން
މުލީގައި ޑޮމެސްޓިކް އެއަރޕޯޓެއް ހެދުމުގެ މަޝްރޫއު
މުލީ އެއަރޕޯޓްގެ މަޝްރޫއުގައި ސޮއިކޮށްފި
 
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިނިސްްޓްރީގެ ފަރާތުން މިފަދަ ބޮޑު މަޝްރޫއުއެއް އެމްޓީސީސީއާއި ހަވާލު ކުރައްވާ އެ ކުންފުންޏަށް އިތުބާރު ކުރައްވާފައިވާތީ ޝުކުރު ދަންނަވާ ކަމަށް
 
މިނިސްޓަރ ވިދާޅުވީ އިތުރު ހަތަރު ރަށެއްގެ މަސައްކަތް ކުރުމަށްޓަކައި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމަށް ހުޅުވާލާފައިވާ ކަމަށް
 
މިނިސްޓަރ އަސްލަމް ވިދާޅުވީ މ. އަތޮޅަކީ ރާއްޖޭގައި އެންމެ އެކަހެރިކޮށް އޮތް އަތޮޅު ކަމަށް

މ. މުލީގައި ޑޮމެސްޓިކް އެއަރޕޯޓެއް ހެދުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއިއެކު ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު މި މަޝްރޫއުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ މ. އަތޮޅަކީ ރާއްޖޭގައި އެންމެ އެކަހެރިކޮށް އޮތް އަތޮޅު ކަމަށެވެ. އަދި ދަތުރުފަތުރުގެ ގޮތުން ބަލާއިރު ވެސް އެކަހެރި އަތޮޅެއް ކަމަށެވެ. އިތުރު ހަތަރު ރަށެއްގެ މަސައްކަތް ކުރުމަށްޓަކައި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ ދާދި އަވަހަށް މި ހަތަރު ރަށުގެ މަސައްކަތްތަށް ކުރުމަށް އެއްބަސްވުމަކާއި ހަމައަށް އާދެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު ގާއިމް ކުރުމަށް އަދި އިއުލާނު ކޮށްފައިނުވާ އެއް ރަށް އެބައޮތް ކަމަށާއި އެކަންވެސް އަވަސް މުސްތަގްބަލެއްގައި ވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަތުއަޑު ކިޔާފައި ކުރިއަށް ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިނިސްްޓްރީގެ ފަރާތުން މިފަދަ ބޮޑު މަޝްރޫއުއެއް އެމްޓީސީސީއާ ހަވާލު ކުރައްވާ އެ ކުންފުންޏަށް އިތުބާރު ކުރައްވާފައިވާތީ ޝުކުރު ދަންނަވާ ކަމަށެވެ. އާޒިމް ވިދާޅުވީ އެއް އަހަރު ދުވަހުގެ ކުރިން މުލީ އެއަރޕޯޓު ނިންމާލުމަށް އެ ކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ދާދި އަވަހަށް ފަށާނެ ކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ ކުންފުނީގެ ފަރާތުން ސޮއި ކުރާ ކޮންމެ ޕްރޮޖެކްޓެއްވެސް ހަލުވި މިނެއްގައި ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެއް އަހަރު ދުވަސްތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލު ކުރެވުނު މި މަޝްރޫއުގެ ދަށުން އެއަރޕޯޓް މަސައްކަތައް މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބޭނުންވާ ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމާއި، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމުގެ އިތުރުން އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

221,733,478.22 (ދުއިސައްތަ އެކާވިސް މިލިއަން ހަތް ލައްކަ ތިރީސް ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ އަށެއް) ރުފިޔާގެ މި މަޝްރޫއުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

ކޮމެންޓް