Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2021 | ބުރާސްފަތި 19:08
ކުޅުދުއްފުށި މަގު ހެދުމުގެ ޕްރޮޖެކްޓް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޅުދުއްފުށި މަގު ހެދުމުގެ ޕްރޮޖެކްޓް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސޯޝަލް މީޑިއާ
ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް
ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި
މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ މަގުތަކުގައި 6 ކިލޯމީޓަރު ސަރަހައްދެއްގައި ތާރައެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށް، މަގު ބައްތި ޖެހުން ހިމެނޭ
މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢުއެއް

ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކުއެވެ. އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގްއެވެ.

Advertisement

އާރްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ މަގުތަކުގައި 6 ކިލޯމީޓަރު ސަރަހައްދެއްގައި ތާރައެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށް، މަގު ބައްތި ޖެހުން ހިމެނޭ ކަމަށެވެ.

މި މަސައްކަތް 510 ދުވަސްތެރޭ ނިންމަން ޖެހޭއިރު، މި މަސައްކަތުގެ އަގަކީ 100.7 މިލިއަން ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް