ކ. މާލެ
|
25 ފެބްރުއަރީ 2021 | ބުރާސްފަތި 14:12
ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް
ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް
ރައީސް އޮފީސް
އައިއެމްއޯގެ ދާއިމީ މަންދޫބު
އައިއެމްއޯއަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ޑޮކްޓަރ ފަރަޙަނާޒް ހަމަޖެއްސެވުމަށް ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި
 
އައިއެމްއޯގައި ހިމެނެނީ އދ ގެ މެންބަރު 172 ޤައުމަކާއި ކުކް އައިލޭންޑްސް

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް (އައިއެމްއޯ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް ހަމަޖެއްސެވުމަށް ފެންނަ ކަމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. އަމީނީގެ، ޑރ. ފަރަޙަނާޒް ފައިޞަލް (އައިއެމްއޯ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް ހަމަޖެއްސެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް އެދޭ ކަމަށެވެ. އަދި މި މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައި ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނެރުނު ރިޕޯޓުގައި ބުނީ 23 ފެބުރުވަރީ 2021 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ މި އަހަރުގެ 5 ވަނަ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް (އައިއެމްއޯ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް ހަމަޖެއްސެވުމަށް ފެންނަކަމަށް ނިންމަވާފައިވާ ކަމަށެވެ.

ޖުމްލަ 173 މެންބަރު ޤައުމުތަކުގެ މައްޗަށް އެކުލަވާލާފައިވާ އައިއެމްއޯގައި ހިމެނެނީ އދ. ގެ މެންބަރު 172 ޤައުމަކާއި ކުކް އައިލޭންޑްސް އެވެ. އައިއެމްއޯގެ މުޢާހަދާ އެންމެ ފުރަތަމަ ތަޞްދީޤު ކުރީ ލަންޑަނުންނެވެ. ދިވެހި ރާއްޖެއަކީ ވެސް އައިއެމްއޯގެ ފުރިހަމަ މެންބަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
17%
17%
50%
0%
17%
ކޮމެންޓް
ގުޅުންހުރި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި