ތ. ވޭމަންދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ތ. ގުރައިދޫ އިން 360 ކިލޯވޮޓް ޖެންސެޓެއް ގެނެސްފިއެވެ.
ވޭމަންޑޫގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެރަށަށް ވަނީ ކަރަންޓުގެ މައްސަލަ ދިމާވެފައެވެ. ވޭމަންޑޫ އިންޖީނުގޭގައި ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ ގާތްގަނޑަކަށް މެންދުރު 2:30 ހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މިހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން ފާހަގަކުރައްވައި އެމްޑީ ސައީދު ވިދާޅުވީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމާއެކު އަލިފާން ނިއްވާލެވި ކަރަންޓުގެ ޚިދުމަތްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ މިހާދިސާ ހިނގައި ދިޔަ ސަބަބު މިހާތަނަށް ހޯދިފައިނުވާ ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި ކުރަން ޖެހޭ އެހެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ބޭނުން ކުރަމުން އައި ތިން އިންޖީނު ވެސް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.
ތ. ވޭމަންޑޫ ފެނަކަ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވުމާ ގުޅިގެން، ތ. ވޭމަންޑޫއިން 360 ކިލޯވޮޓްގެ ޖެންސެޓެއް މިއަދު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ވޭމަންޑޫއަށް ގެންގޮސްފައެވެ.
ވޭމަންޑޫގެ ކަރަންޓުގެ ޚިދުމަތް މިރޭގެ ވަގުތެއްގައި އިޔާދަކުރެވިގެންދާނެ ކަމުގެ ޔަޤީންކަން މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވަނީ ދެއްވާފައެވެ.
ތ. ވޭމަންޑޫއަކީ 1000ށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ.