ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 18:06
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ކެންޑިޑެސީ ބާތިލްކުރި މައްސަލަ
ޕީޕީއެމް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް ކޮށްފައިވަނީ ގޯސްކޮށްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
 
އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބާތިލްކުރީ، ކެންޑިޑެސީ ބަލައިގަތުމަށްފަހު
 
ޕީޕީއެމް ކެންޑިޑޭޓަކީ ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި، ޙަސަން މޫސާ، އުސްގެ، ތ. ކަނޑޫދޫ

އަންނަ އޭޕްރީލް މަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަން ފޯމްލި ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ފޯމު ހުށަހެޅި ޙަސަން މޫސާ، އުސްގެ، ތ. ކަނޑޫދޫ، ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް އޭނާގެ ފަރާތުން ހުށަހަޅާފައިވަނީ، އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބާތިލްކުރި ކުރުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކަމަށް ކަނޑައެޅި، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީކަމަށް ބުނެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ އެކޮމިޝަނުން ބަލައިގަތުމަށްފަހުއެވެ.

އޭނާގެ ކެންޑިޑެސީ ބާތިލްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު، އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބަކާ ނުލައި ހޮވުނު ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި، ހުކުމް އިއްވަމުން، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާއިރު، އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ފަހު އެ ކޮމިޝަނަށް ފަހުން ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މީހެއްގެ ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ. އަދި ހަސަން މޫސާގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމަން އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުމުން، ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައި ނުވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ހުކުމް އިއްވަމުން ވިދާޅުވި އެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަސަންގެ ކެންޑިޑެސީ ބާތިލްކޮށް، އިލެކްޝަންސް ކޮމިޝަނުން އޭނާއަށް އެންގީ ގާނޫނާ ޚިލާފަށް ކަމަށާއި، އެ އެންގުން ބާތިލްކުރާ ކަމަށެވެ. އަދި އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ސުޕްރީމް ކޯޓުން ނުނިންމާހާ ހިނދަކު، ކެންޑިޑޭޓުންގެ ލިސްޓުން އޭނާގެ ނަން އުނި ނުކުރަން ވެސް އިލެކްޝަންސް ކޮމިޝަނަށް އަންގާ ކަމަށް ހުކުމުގައި ވެއެވެ. މި ހުކުމް އިއްވީ، މި މައްސަލަ ބެއްލެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިއްތިފާގުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެފައިވާއިރު، 60ށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
ތިމާވެއްޓަށް އަސަރުކޮށްގެން މަޝްރޫއެއް ހުއްޓާލާ ޙާލަތުގައި ބަދަލުދޭން ނުޖެހޭ ފަދަ މާއްދާއެއް ދައުލަތުން ހިމަނަންޖެހޭ: ހުސްނުއްސުއޫދު
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
އީސީގެ މެންބަރުކަން ކޮށްފިނަމަ އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ގަވާއިދަށް ގެނައި އިސްލާހު ބާތިލްކޮށްފި
4 ކައުންސިލެއްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި
އިލެކްޝަންސް ކޮމިޝަންގެ އެސްޖީއަކަށް އުނައިސް
ކެމްޕެއިނަށް ހަރުކުރި ތަކެތި ނަގަން ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެތަކެތި ނެގުމަށް އީސީން އިލްތިމާސްކޮށްފި