ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 18:12
މި މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުން ނިންމަވާ ގޮތް އަންގަވައި ދެއްވުމަށް ރައީސް ވަނީ އެދިލައްވާފައި
މި މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުން ނިންމަވާ ގޮތް އަންގަވައި ދެއްވުމަށް ރައީސް ވަނީ އެދިލައްވާފައި
ރައްޔިތުންގެ މަޖިލިސް
އައިއެމްއޯގެ ދާއިމީ މަންދޫބު
އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބު ހަމަޖެއްސެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ކޮމިޓީއަށް
 
އައިއެމްއޯގައި ހިމެނެނީ އދ ގެ މެންބަރު 172 ޤައުމަކާއި، ކުކް އައިލޭންޑްސް
 
ރައީސް ފޮނުވާފައިވަނީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް
 
މައްސަލަ ފޮނުވާފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް (އައިއެމްއޯ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ.އަމީނީގެ، ޑރ. ފަރަޙަނާޒް ފައިޞަލް (އައިއެމްއޯ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް ހަމަޖެއްސެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް އެދޭ ކަމަށެވެ.

އަދި މި މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުން ނިންމަވާ ގޮތް އަންގަވައި ދެއްވުމަށް ރައީސް ވަނީ އެދިލައްވާފައެވެ.

ޖުމްލަ 173 މެންބަރު ޤައުމުތަކުގެ މައްޗަށް އެކުލަވާލާފައިވާ އައިއެމްއޯގައި ހިމެނެނީ އދ ގެ މެންބަރު 172 ޤައުމަކާއި، ކުކް އައިލޭންޑްސް އެވެ. އައިއެމްއޯގެ މުޢާހަދާ އެންމެ ފުރަތަމަ ތަޞްދީޤު ކުރީ ލަންޑަނުންނެވެ. ދިވެހި ރާއްޖެއަކީ ވެސް އައިއެމްއޯގެ ފުރިހަމަ މެންބަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ރާއްޖެ އަށް އެއްބާރުލުން ދިނުންމަތީގައި ދެމި ހުންނާނަން - ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް