ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 15:53
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
ރައްޔިތުންގެ މަޖިލިސް
ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް
ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި
 
ބިލް މަޖިލީހުން ބަލައިގަންނަ ކަމަށް ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން

ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މި ބިލް މަޖިލީހުން ބަލައިގަންނަ ކަމަށް ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި ވަނީ ސިފައިންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ)ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ސިފައިންގެ ފޯސް ސްޓްރަކްޗަރ ދެމެހެއްޓުމާއި ސިފައިންގެ ވަޒީފާގައި އެންމެ ޤާބިލު މީހުން ބޭތިއްބުމަށް އިސްކަންދިނުމަށެވެ.

ސިފައިންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ)ގައި ސިފައިންގެ މީހަކު ރިޓަޔަރ ކުރެވޭނެ ގޮތްތައް ކަމުގައި މިހާރު ބަޔާން ކޮށްފައިވަނީ ހަތަރު ގޮތެކެވެ. އެއީ ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމާއި، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއްމަގާމެއްގައި ހުރުމާއި، ޞިއްޙީ ޙާލަތު ތަންނުދިނުމުގެ އިތުރަށް އަމިއްލައަށް އެދިގެން މަގާމުން ރިޓަޔަރ ވުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި