ކ. މާލެ
|
22 ފެބްރުއަރީ 2021 | ހޯމަ 07:54
ޝިދާތާ އާއި ފިރިމީހާ ޒިޔާ
ޝިދާތާ އާއި ފިރިމީހާ ޒިޔާ
ޝިދާތާގެ ވެޑިންގ ޑްރެސް
ޝިދާތާގެ ވެޑިންގ ޑްރެސް ފަހައިދިނީ ކުރީގެ ފިރިމީހާގެ އާއިލާ ކުއްޖެއް!
މިނިސްޓަރ ކަމުގައި ހުވާ ކުރި ދުވަހު ޝިދާތާ ތުރުކުރެއްވި ހެދުން ވެސް ފަހައިދިނީ އެކުއްޖާ
ވެޑިންގ ޑްރެސްގެ އިތުރުން ބެކްޑްރޮޕާއި ސެންޓަރޕީސްތަކުގެ އިތުރުން ބުކޭ ވެސް ހަދާފައި ވަނީ އެކުއްޖާ
ވެޑިންގ ޑްރެސް ފަހާފައި ވަނީ ހަތަރު ދުވަހުން

ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ދެވަނަ ފަހަރަށް ކައިވެނި ބައްލަވައިގަންނަވާފައިވާއިރު، އެކަމަނާގެ ވެޑިންގ ޑްރެސްއަށް ގިނަ ބައެއްގެ ލޯ ވަނީ އަމާޒުވެފައެވެ. އަދި ދިވެހި ނޫހަަކަށް ދެއްވި އިންޓަވިއުއެއްގައި ވެޑިންގ ޑްރެސް ފެހީ އަމިއްލައަށް ކަމަށް ވިދާޅުވުމުން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވެގެން ދިޔައެވެ.

ރާއްޖޭގެ ނޫސްތަކުގައި ކައިވެންޏާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިދާތާ ވަނީ މިފަހަރު ކައިވެނި ޕާޓީ މާބޮޑުކޮށް ނުބޭއްވި ނަމަވެސް، ކައިވެނީގެ ކަންކަމުގައި، ހާއްސަކޮށް، ވެޑިންގ ޑްރެސް ފެހުމުގެ ކަންކަން އަމިއްލައަށް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ހެދުން ފެހީ އަމިއްލައަށް ކަމަށާއި، ހެދުމުގެ މަސައްކަތަކީ އަމިއްލަ މަސައްކަތްކަމާއި ބައެއް މަސައްކަތްތަކަށް އެހެން ކުދިން އެހީވެދިން ކަމަށް ޝިދާތާ ވިދާޅުވިއެވެ.

އެހެންނަމަވެސް ނަން ހާމަނުކުރަށް އެދި ރާއްޖެޓީވީއަށް މައުލޫމާތުދިން ފަރާތަކުން ވަނީ ޝިދާތާގެ ވެޑިން ޑްރެސް ފެހުމުގެ މަސައްކަތް ކޮށްފައިވަނީ ޝީދާތާ އެކަނި ނޫންކަމަށް ބުނެފައެވެ. އަދި އެމަސައްކަތްކޮށްފައި ވަނީ ޝިދާތާގެ ކުރީގެ ފިރިމީހާގެ އާއިލާގެ ކުއްޖެއްކަމަށެވެ. ހެދުން ފެހުމަށް ބޭނުންވާ ފޮތްޗާއި އެހެނިހެން ތަކެތި ޚިޔާރުކުރީ އެކުއްޖާއެވެ. އަދި މިހެދުން ފަހާފައިވަނީ ހަތަރު ދުވަހުންކަމަށް އޭނާ ބުނެއެވެ.

އޭނާ ބުނީ އެކުއްޖާ ހެދުން ފަހަން ފޮތި ގަތުމަށްފަހު، ފޮތިގަނޑުގެ ފޮޓޯ ސްނެޕްކޮށްފައިވާ ކަމަށެވެ. އަދި ހެދުން ފަހަމުން ދިޔަ އިރު، ކޮންމެ ދުވަހަކުވެސް، އެދުވަހުގެ ކުރެވެމުންދާ މަސައްކަތުގެ އަޕްޑޭޓް ސްނެޕް މެދުވެރިކޮށް ހިއްސާކުރަމުންދިޔައެވެ.

ޝިދާތާގެ ވެޑިންގ ޑްރެސް ފެހުމުގެ އިތުރުން އާއިލާގެ މީހުންނާއެކު ބޭއްވި ކުޑަ "ގެޓް ޓުގަދަރ"ގައި ބޭނުންކުރި ބެކްޑްރޮޕް ވެސް ސެންޓަރޕީސްތައް ވެސް ތައްޔާރުކޮށްފައި ވަނީ އެކުއްޖާއެވެ. ޝިދާތާގެ ބުކޭ އާއި ފިރިހެނުންގެ މޭމަތީގައި ޖަހާފައިހުރި މާގަޑު ވެސް ހެދީ ހަމަ އެކުއްޖާއެވެ. އަދި އެކުއްޖާ މިކަންތައް ކޮށްދީފައި ވަނީ ޝިދާތާ ތަކެތި ހޯދައިދިނުމުން އިތުރު އަގެއް ނުނަގައެވެ.

ސްކޫލް ދައުރު ފުރިހަމަކުރުމަށް ޝިދާތާކައިރީ ދެ އަހަރު ހޭދަކުރި މިކުއްޖާ ވަނީ ޝިދާތާ މިނިސްޓަރ ކަމުގައި ހުވާ ކުރި ދުވަހު ލީ ހެދުން ވެސް ފަހައިދީފައެވެ.

ޝިދާތާގެ ދެވަނަ ކައިވެނި ދިވެހި ފިލްމީ ތަރި އަޙުމަދު ޒިޔާއު (ޒިޔާ) އާއި ކުރައްވާފައިވާއިރު، ފުރަތަމަ ކައިވެންޏަށް ތިން ދަރިން ތިބެއެވެ. ޝިދާތާ އާއި ޒިޔާ ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު މަހަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
26 ފެބްރުއަރީ 2021 | ހުކުރު 05:53
Siya
Sidathaaa thee boa hama nijehey kujje.. minister kan gelunu fahun
22 ފެބްރުއަރީ 2021 | ހޯމަ 17:05
ވަރަބިދުނުކޮތަރު
ކަލޭމެން ޖެހޭތަ ނަން ޖެހުމެއްނެތި އެކުއްޖާއެކުއްޖާއޭ ކިޔާ ލިޔަން . ޝިދާތާކައި ވެއްޏެއް ކުރިއޭ ކިޔާ ޝިދާތާއަކީ ދޮގުހަދާމީހެކޭ ކިޔައި ނުލިޔުނަސް ތިލިޔެވެނީ ޝިދާތާހެދީ ބޮޑު ދޮގެކޭ . ކައިވެނި ހެދުން ފެހީ އަމިއްލައަށް ށޭކިޔާ ޝިދާތާކެޑީ ފޮންޏޭ . ނުބެހެވޭކަކަމެއް ނެތް . ޝިޔާދާކައިވެނި ކޮއްފި . ވެޑިންޑްރެސްވެސް ފަހާއިގެން ލައިފި . ނިމުނީ .
22 ފެބްރުއަރީ 2021 | ހޯމަ 14:49
Okay
އެކުއްޖާގެ ނަން ބުނެލަދޭންވާނެއެއްނު? ކޮން ނަމެއް ކިޔާ ކުއްޖެއްބާ?
22 ފެބްރުއަރީ 2021 | ހޯމަ 14:31
ބޮޑުވަރު
ހާދަހާ ތަފްސީލު ތިކުރަނީ.. ބޮލީވުޑް ސްޓާރެއް ތަ.. ލައިގެން ހުރި ޖަންގިޔާ ހޯދަދިނީ ކާކު ކަން އެނގެންވެސް ބޭނުމޭ،،
22 ފެބްރުއަރީ 2021 | ހޯމަ 12:16
hy
ސިދާތާފަދަ ބޭފުޅަކު ހެދުން ފެހުން ކަހަލަ ކުޑަ ކަމަކެއް އެހާ ބޮޑަށް އޮޅުވާލައި ހަޤީޤަތް ފޮރުވަން މަސައްކަތް ކޮށްފައިވާތީ ހިތާމަކުރަން. އަދި ސިދާތާގެ ވާހަކަތައް އަޑުއަހާ ފަރާތްތައްވެސް މިކަމަށް ސަލާލުވެތިބުން އެދެން.
22 ފެބްރުއަރީ 2021 | ހޯމަ 11:24
Ali
Mives noosveri kamettha. Liyaa komme ecchakee ehen meehunah daidhaahuri echakah. Hadhaa
22 ފެބްރުއަރީ 2021 | ހޯމަ 11:10
ރަދީފް
ސޯ ވަޓް؟ ތަމެންގެ މައްސަލައަކީ ކޮބާ؟
22 ފެބްރުއަރީ 2021 | ހޯމަ 09:04
sareefaa
hiyonuvaane ehaa dhogu hadhaakah dhw sidhaathaa eh kamaku.