ކ. މާލެ
|
20 ފެބްރުއަރީ 2021 | ހޮނިހިރު 18:06
ހޮނިހިރު ދުވަހު އެކުވެނި ސިންތެޓިކް ޓްރެކްގައި އޮތް ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން- މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ ޖައިޝަންކަރު
ހޮނިހިރު ދުވަހު އެކުވެނި ސިންތެޓިކް ޓްރެކްގައި އޮތް ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން- މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ ޖައިޝަންކަރު
ފޮރިން މިނިސްޓްރީ
އިންޑިއާއާއި ރާއްޖޭގެ ގުޅުން
ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ އިންޑިއާ ފަރސްޓް: ރައީސް ނަޝީދު
ރާއްޖެއާއި އިންޑިއާއާ ދެމެދު އިތުރު އެއްބަސްވުންތަކުގައި ސޮއި ކުރެވިގެން ދާނެ
އެންމެ ކުރިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާކަމަށް ވިދާޅުވި

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ "އިންޑިއާ ފަރސްޓް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އެކުވެނި ސިންތެޓިކް ޓްރެކްގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ކުރީ ބައިގައި އެހީތެރިކަން ފޯރުކޮށްދޭ ޤައުމުކަމަށެވެ. އެގޮތުން ބަޢާވާތެއް ނަމަވެސް، ފެނުގެ ކާރިސާއެއް ނަމަވެސް، ނުވަތަ ސުނާމީ ކާރިސާއާއި ބަލިމަޑުކަމެއް ނަމަވެސް، އެންމެ ކުރިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ "އިންޑިއާ ފުރަތަމަ" ކަމަށް ވިދާޅުވަނީ އެ ސަބަބުތަކާހުރެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އިތުރު އެއްބަސްވުންތަކުގައި ސޮއި ކުރެވިގެން ދާނެ ކަމަށެވެ.

އެހެންވީމާ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ސާފުކޮށް ސާދާކަމާއެކު މި ބުނަނީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމައޭ، އެއަށްފަހުއޭ އަޅުގަނޑުމެން އެހެން ކަންކަމާ ވިސްނުން ބުއްދިވެރި، ދިވެހިން އަބަދުވެސް ވިސްނަން ޖެހޭނީ ދިވެހިންގެ ރަނގަޅަށް، މި ދިވެހިރާއްޖޭގެ ކުރިއެރުމަށް، މި ދިވެހިރާއްޖޭގެ ތަރައްޤީއަށް،
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ވިދާޅުވީ، ރާއްޖެ ފާހަގަ ކުރެވެނީ ހަމައެކަނި ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ސަބަބުން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނާއި، ހުނަރުވެރި ޒުވާނުންނަކީ ވެސް ރާއްޖެ އެތައް ގޮތަކުން ފާހަގަކުރެވިގެންދާ ސަބަބެއްކަން ޖައިޝަންކަރު ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ ޖައިޝަންކަރު ވާހަކަ ދައްކަވަނީ

އެގޮތުން 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ހޯދި ކާމިޔާބީއާއި، ދެކުނު އޭޝިއާގައި އެންމެ ބާރު ދުވުންތެރިއެއްގެ ގޮތުގައި ފާހަގަވި ހަސަން ސާއިދުގެ ވާހަކައިން ޖައިޝަންކަރު ވަނީ މިސާލު ޖައްސަވާފައެވެ. އަދި 2025 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ އައިއޯއައިޖީގައި ވެސް ރާއްޖެއިން އިތުރު ކާމިޔާބީތަކެއް ހޯދާނެކަމުގެ އުުއްމީދު އެބައޮތްކަމަށް ވިދާޅުވިއެވެ.

ޑރ ޖައިޝަންކަރުގެ ދަތުރުފުޅުގައި ވަނީ މުހިއްމު އެއްބަސްވުންތަކެއްގައި ދެ ޤައުމުން ސޮއި ކޮށްފައެވެ.

- ކޮމެންޓް