ރާއްޖެއިން އިތުރު 127 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރުމަށް 4245 ސާމްޕަލްއެއް ނަގާފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 127 މީހެކެވެ. އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 98 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 10 މީހެއްގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހަކާއި، ބޯޓުފަހަރުތަކުން ޕޮޒިޓިވްވި 2 މީހެކެވެ.
އެއާއެކު، މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 18،467ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 2446 އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން 15965 މީހަކު ކޮވިޑް ޖެހިގެން ރަނގަޅުވެފައިވެއެވެ. އެހެންނަމަވެސް، މިވަގުތުވެސް 159 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޓެސްޓު ކުރުމަށް ނަގާފައިވާ ސާމްޕަލްތަކުގެ ޖުމުލަ އަދަދަކީ 483،995 އެވެ.
މި އަހަރު ފެށުނު ފަހުން ރާއްޖޭގެ ކޮވިޑް ކޭސްތައް 50ން މަތީގައި އުޅޭއިރު، ފާއިތުވި ދުވަސްތަކުގައި މި އަދަދުތައް އުޅެނީ 100ން ވެސް މަތީގައެވެ.