ކ. މާލެ
|
2 މެއި 2017 | އަންގާރަ 07:03
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލުކުރައްވަން ބޭނުން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލުކުރައްވަން ބޭނުން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި
ބީބީސީ
ޑޮނަލްޑް ޓްރަމްޕް
އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވަން ބޭނުންކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ބައްދަލުކުރައްވާނީ ޝަރުތުތަކަކަށްފަހު
ލިބޭ ފަޚުރެއް ކަމަށް ވިދާޅުވި
އުތުރު ކޮރެއާ އިން ވަކިއެއްޗެއް ނުބުނޭ

އެމެރިކާއާ އަރައިރުންތައް އިތުރުވެފައިވާ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލުކުރައްވަން ބޭނުން ކަމަށާއި އެކަމާއި ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

 

އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި މިވަނީ މީގެ އެއްދުވަސް ކުރިން ކިމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހުގައެވެ.

 

ކިމްއާ ބައްދަލު ކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާ ޓްރަމްޕް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރުމަކީ ލިބޭނެ ޝަރަފެކެވެ.

 

ޓްރަމްޕް ވިދާޅުވީ އެކަމަކީ އޭނާ އެކަށީގެންވާ ކަމެއްކަމަށްވާނަމަ އަދި ހާލާތު އެގޮތަށް ތަންދޭނަމަ އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރުމަކީ ކަށަވަރު ކަމެއް ކަމަށެވެ.

 

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ އުތުރު ކޮރެއާއިން ކުރަމުންގެންދާ ނިއުކްލިއަ ޓެސްޓްތަކާއިމެދު އެމެރިކާއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

 

އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ޤައުމުގެ ލީޑަރުންގެ ބައްދަލުވުމަކަށްދާން ބޭނުންނަމަ އެމެރިކާގެ ގިނަ ޝަރުތުތަކަކަށް އުތުރު ކޮރެއާ އިން އެއްބަސްވާން ޖެހޭނެ ކަމަށެވެ.

 

ވައިޓް ހައުސްގެ ތަރުޖަމާނު ސީން ސްޕައިސަރ ވިދާޅުވީ އުތުރު ކޮރެއާގެ ރުޅިވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށް ވޮޝިންޓަނުން ބޭނުންވާ ކަމަށެވެ.

 

ސީބީއެސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ ކިމްއަށް ބާރުތައް ލިބިވަޑައިގެންނެވީ ވަރަށް ޅަ އުމުރުގައި ވަރަށް ވަރުގަދަ ބަޔަކާއި ކުރިމަތި ލައްވައިގެން ކަމަށެވެ.

 

މީގެ އިތުރުން ވެރިކަމަށްޓަކައި އާއިލީ ގިނަ ބަޔަކު ނައްތާލައްވާފައިވަތީ ކިމް ހުންނެވީ ހަމައިގަތޯ ޓްރަމްޕް ސުވާލު އުފައްދަވާފައިވެސް ވެއެވެ.

- ކޮމެންޓް