ގދ. ތިނަދޫގައި އިއުލާންކޮށްފައި އޮތް މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ތިނަދޫ މޮނިޓަރިންގެ ހާލަތުގައި ހަފްތާއަކަށް ވުރެ ގިނަ ދުވަހު ބޭއްވުމަށް ފަހު އެ ރަށުގައި އިއުލާނުކޮށްފައި އޮތް މޮނިޓަރިންގެ ހާލަތު އުވާލާފައި މިވަނީ އެ ރަށުގެ މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.
ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސް، އެރަށަށް އަރައިފޭބުން މަނާކޮށްފައި ވަނީ ފެބްރުއަރީ ހަތް ވަނަ ދުވަހުއެވެ.
ތިނަދޫއިން މާލެއަށް ދަތުރުކުރި ދެމީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު، އޭގެފަހުން އައްޑޫ ސިޓީ ހިތަދޫން ޕްޒިޓިވްވި މީހަކާއި ކޮންޓެކްޓްވި މީހަކު ތިނަދޫއިން ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ، މާލެ ސަރަހައްދުން ގިނަ ޕޮޒިޓިވް ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އަދި ބައެއް ރަށްތަކުން ވެސް ޕްޒޮޓިވް ކޭސްތައް ފެންނަމުންދާއިރު، މާލެ ސިޓީ އާއި އައްޑޫ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ ދިގުދައްމާލާފައެވެ.