ކ. މާލެ
|
16 ފެބްރުއަރީ 2021 | އަންގާރަ 11:29
ވެބްސައިޓް އާއި ލޯގޯ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވެބްސައިޓް އާއި ލޯގޯ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓް
ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ ވެބްސައިޓާއި ލޯގޯ އިފްތިތާހުކޮށްފި
 
އިންސްޓިޓިއުޓް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) ގެ ވެބްސައިޓާއި ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އަންގާރަ ދުވަހު އޮޑިޓް އޮފީހުގައި އޮތް ހާއްސަ ހަފްލާއެއްގައި ވެބްސައިޓާއި ލޯގޯ އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭގެ ނައިބް ރައީސް ހަސަން މުހައްމަދު ވިދާޅުވީ އެ އިންސްޓިޓިއުޓުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް މިހާރު ކޮށްފައިވާ ކަމަށާއި ރާއްޖޭގައި އެކައުންޓިންގގެ ދާއިރާ ކުރިއެރުވެން އޮތީ އެކި ދާއިރާތަކާ ގުޅިގެން ކަމަށެވެ. ރާއްޖޭގައި މި ދާއިރާގައި ބޭރު މީހުން މަސައްކަތް ކުރާ މިންވަރު އިތުރު ކަމަށާއި އެކައުންޓިންގގެ ދާއިރާއިން ގިނަ ދިވެހިން ތަމްރީން ކުރަންޖެހޭ ކަމަށެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ އިންސްޓިޓިއުޓް އުފެއްދެވުމާ ގުޅިގެން އިންސްޓްޓިއުޓްގެ ކައުންސިލް މެމްބަރުން ވަނީ ކައުންސިލްގެ ރައީސް ކަމަށްއޮޑިޓަރ ޖެނެރަލް އައްޔަން ކުރައްވާފައެވެ.

ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނުކުތާގެ ދަށުން އެކައުންޓެންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ބޭފުޅުންގެ ތެރެއިން އޮޑިޓަރ ޖެނެރަލް ޢައްޔަން ކުރެއްވި މެމްބަރުންނަކީ ކްރޯވް މޯލްޑިވްސްގެ އޮޑިޓް ޕާޓްނަރ ހަސަން މުޙައްމަދު އާއި، ޕްރޫޑަންޓް ޗާޓަރޑްގެ މެނޭޖިންގ ޕާޓްނަރ ޔައުޤޫބް ޢަބްދުﷲ އާއި، އެފް.ޖޭ.އެސް އެސޯސިއޭޓްސްގެ މެނޭޖިންގ ޕާޓްނަރ ފަރީހާ ޝަރީފްގެ އިތުރުން މެރިއަޓް އިންޓަރނޭޝަނަލްގެ ކޮމްޕްލެކްސްގެ ޑިރެކްޓަރ އޮފް ފިނޭންސް މާލިކް މުޙައްމަދުއެވެ. އަދި ހަމަ މި މާއްދާގެ (ހ) ގެ (4) ވަނަ ނުކުތާގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އައްޔަން ކުރެއްވި މެމްބަރުންނަކީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ އާއި ޑިރެކްޓަރ އޮފް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް އެންޑް ސްޓެޗުޓަރީ ބޮޑީސް އޮޑިޓް، ޗީފް އިންޓާނަލް އޮޑިޓަރ އިބްރާހިމް ފަޒީލްއެވެ. މީގެ އިތުރުން ކައުންސިލްގައި ހިމެވަޑައިގަންނަވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް އާއި ފައިނޭންޝިއަލް ކޮންޓްރޯލަރ ފާތިމަތު ރަޒީނާއެވެ.

އިންސްޓްޓިއުޓް އުފެދޭތާ ފުރަތަމަ ހަތަރު އަހަރު އިންސްޓްޓިއުޓް ހިންގުމުގެ މަސައްކަތް ކުރާނީ މި ކައުންސިލުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން ބައިނަލް އަޤްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސްޓްޓިއުޓް ހިންގާ ބެލެހެއްޓުމެވެ. އަދި މީގެ ތެރޭގައި ކައުންސިލް ހިންގާ ގަވާއިދު ތައްޔާރު ކުރުމާއި، ކޮމިޓީތައް އެކުލަވާލުމާއި، އިންސްޓްޓިއުޓްގެ ރަޖިސްޓްރީ ބަލަހައްޓައި އެ ފަރާތްތަކުގެ ގިންތި ކަނޑައެޅުމާއި ޕްރައިވެޓް ސެކްޓަރގެ އެކައުންޓިންގ އަދި އޮޑިޓިންގ ސްޓޭންޑަރޑްތައް އެކުލަވާލުމުގެ އިތުރުން އިތުރު މަސްއޫލިއްޔަތުތަކެއް ވެސް ހިމެނޭ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް