ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 23:24
ކްރިމިނަލް ކޯޓުން އަމުރު ނެރުއްވި ގާޒީ ޙަސަން ސައީދު- ގާޒީ ޙަސަން ސައީދުގެ މައްސަލަތަކެއް ޖޭއެސްސީން މީގެ ކުރިންވެސް ބަލާފައިވޭ
ކްރިމިނަލް ކޯޓުން އަމުރު ނެރުއްވި ގާޒީ ޙަސަން ސައީދު- ގާޒީ ޙަސަން ސައީދުގެ މައްސަލަތަކެއް ޖޭއެސްސީން މީގެ ކުރިންވެސް ބަލާފައިވޭ
ޝުއައިބް މުހައްމަދު އިގްބާލް
އަލީ ވަޙީދު ފުރުވާލި މައްސަލަ
އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން އަމުރު ނެރުއްވި ފަނޑިޔާރުގެ މައްސަލަ ޕީޖީން ޖޭއެސްސީއަށް
 
އާންމުކޮށް ކްރިމިނަލް ކޯޓުން ކަންކުރާ އުސޫލުތަކާއި ތަފާތުކޮށް ބައެއް ކަންކަން ކޮށްފައިވޭ
 
ޕާސްޕޯޓު ދޫކޮށްލި އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އާދިއްތަ ދުވަހު
 
މި މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ ހޯމަ ދުވަހު

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވި ގާޒީ ޙަސަން ސައީދުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށައަޅައިފިއެވެ.

މި މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން މި މައްސަލައިގައި އާންމުކޮށް ކްރިމިނަލް ކޯޓުން ކަންކުރާ އުސޫލުތަކާއި ތަފާތުކޮށް ބައެއް ކަންކަން ކޮށްފައިވާކަން ޕީޖީ އޮފީހުން މީގެ ކުރިންވެސް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ޕީޖީން ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލާގައި، އެ އަމުރު ނެރުމުގައި، އާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ވަނީ އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް ޕީޖީ އޮފީހުން ދީފައިވެއެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ގާޒީ ޙަސަން ސައީދުގެ މައްސަލަތަކެއް ބަލާފައިވެއެވެ. އޭރު ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނަވަނިކޮށް، ޖޭއެސްސީން ބެލި މައްސަލަތައް ސާބިތުވެ ކޮމިޝަނުން އޭރު ނިންމީ ގާޒީއަށް ނަސޭޙަތް ދިނުމަށްފަހު، އޭރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމަށެވެ. އެގޮތުން އޭރު ގާޒީ ޙަސަން ސައީދު ބަދަލު ކުރެއްވީ ކްރިމިނަލް ކޯޓަށެވެ.

އޭގެ ކުރިން 2016 ވަނަ އަހަރު ޖޭއެސްސީން ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި އޭނާ ސަސްޕެންޑްވެސް ކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހުން 7 ދުވަހަށް ބަންދު
3 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި