ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 22:51
ކޮވިޝީލްޑް ވެކްސިން ޑޯޒެއް- މި ވެކްސިން އިމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ވަނީ ދީފައި
ކޮވިޝީލްޑް ވެކްސިން ޑޯޒެއް- މި ވެކްސިން އިމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ވަނީ ދީފައި
ރައީސް އޮފީސް
ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމް
ހޯމަ ދުވަހުވެސް 5000ށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި
 
މިވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެއް
 
ރާއްޖޭގައި މިވަގުތު ބޭނުން ކުރަމުންދަނީ ކޮވިޝީލްޑް ވެކްސިން
 
މިހާތަނަށް ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމުލަ އަދަދު މިވަނީ 43،817ށް އަރާފައި

ރާއްޖެއިން އިތުރު 5000ށް ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ފާއިތުވި 24 ގަޑިއިރުވެސް 5204 މީހަކަށް ކޮވިޑް ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 3967 މީހަކާއި، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 1237 މީހެކެވެ.

މި އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމުލަ އަދަދު މިވަނީ 43،817ށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 35،289 މީހަކާއި، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 8429 މީހެއްގެ އިތުރުން، ރިސޯޓުތަކުން ވެކްސިން ޖަހާފައިވާ 99 މީހެކެވެ.

ރާއްޖޭގައި މިވަގުތު ބޭނުން ކުރަމުންދަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިންގެ "އިންޑިއާ ވާރޝަން" އެވެ. އެގޮތުން އެ ފޯރމިއުލާގެ މައްޗަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރަމުންދާއިރު، މި ވެކްސިން އިމަރޖެންސީ ޙާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވެސް މިހާރު މިވަނީ ދީފައެވެ.

އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިންގެ އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން މިވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް