ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 21:40
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
އަމްނާ އިމާދު
އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރުން
އައްޑޫ ސިޓީގައި ކޮވިޑްގެ 61 ކޭސް
341 މީހުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވޭ
އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 3 މީހަކަށް
226 ގެއެއް ވަނީ ކަރަންޓީނަށްލާފައި

އައްޑޫ ސިޓީގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 61ށް އަރާފައިވާ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެގޮތުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ 15 ވަނަ ދުވަހު އިތުރު އެކަކު ވަނީ އައްޑޫ ސިޓީން ޕޮޒިޓިވްވެފައެވެ.

އައްޑޫ ސިޓީން 20 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، ފޭދޫން ޕޮޒިޓިވްވެފައި ވަނީ 12 މީހުންނެވެ. އަދި ހުޅުދޫ މީދޫން 25 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫފޭދޫން ޕޮޒިޓިވްވެފައި ވަނީ ހަތަރު މީހުންނެވެ. މިހާތަނަށް އައިއިރު، މަރަދޫ އިން އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ 61 މީހުންގެ ތެރެއިން ތިން މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

އައްޑޫ ސިޓީގެ 226 އިމާރާތް ކަރަންޓީން ކޮށްފައިވާއިރު، 341 މީހުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

އައްޑޫ ސިޓީގެ އާއްމު ހަލާތާއިބެހޭ ގޮތުން ރާއްޖެއެމްވީއަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު މީގެ ކުރިން ވިދާޅުވީ އަޅާފައިވާ ފިިޔަވަޅުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން މާސްކް ނާޅާ ރައްޔިތަކު ނޫޅޭ ކަމަށާއި، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ވެސް ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އަސާސީ ހުރިހާ ޚިދުމަތެއް ލިބޭ ކަމަށާއި، ބޭނުންވާ މުދާ ވެސް ލިބޭ ކަމަށެވެ. އަދި ބޭހާއި، ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިނުވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވެއެވެ. އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓަރއަކާއި، އޭވިއޭޝަން ކްލަސްޓަރއެކެވެ. ޕްރޮޖެކްޓް ސައިޓް ކްލަސްޓަރއާއި ގުޅިގެން ހުޅުދޫމީދޫން ނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އެކްލަސްޓަރ ކޮންޓެއިންވެފައިވީ ނަމަވެސް އޭވިއޭޝަން ކްލަސްޓަރ އޮތީ އެކްޓިވްކޮށެވެ.

- ކޮމެންޓް