ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 18:32
ކޮވިޑް-19 އަށް ވެކްސިން ޖަހަނީ
ކޮވިޑް-19 އަށް ވެކްސިން ޖަހަނީ
ބީބީސީ
ކޮވިޑް-19 އަށް ވެކްސިން ދިނުން
ކޮވިޑް-19 ވެކްސިނޭޝަން - 173 މިލިއަނަށްވުރެ ގިނަ ޑޯޒް ޖަހައިފި
 
މިހާތަނަށް ބޭނުންކުރަމުން ދަނީ 10 ވެކްސިނެއް
 
އެންމެ ފުރަތަމަ ވެކްސިން ޖަހަންފެށި އިނގިރޭސިވިލާތުން ވަނީ 15 މިލިއަނަށް ވުރެ ގިނަ ޑޯޒް މިހާތަނަށް ޖަހާފައި

މުޅި ދުނިޔޭގެ 77 ގައުމަކުން ކޮވިޑް-19 އަށް ވެކްސިން ޖަހަން ފަށާފައިވާއިރު، މިހާތަނަށް ވެކްސިންގެ 173 މިލިއަނަށްވުރެ ގިނަ ޑޯޒް ވަނީ އެކި ސަރަހައްދުތަކުގައި ޖަހާފައެވެ.

އެންމެ ފުރަތަމަ ކޮވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތް އިނގިރޭސިވިލާތުގައި ފަށާފައިވާއިރު، އެގައުމުން ވަނީ 15 މިލިއަނަށް ވުރެ ގިނަ ޑޯޒް މިހާތަނަށް ޖަހާފައެވެ.

މިހާތަނަށް އައިއިރު، އެންމެ ގިނަ އަދަދެއްގެ ވެކްސިން ޑޯޒް ޖަހާފައި ވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް 53.8 މިލިއަން ވެކްސިންގެ ޑޯޒް ޖަހާފައިވާއިރު، ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމުކަމަށްވާ ޗައިނާއިން ޖަހާފައި ވަނީ 40.5 މިލިއަން ޑޯޒްއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން 21 މިލިއަން ޑޯޒް ޖަހާފައިވާއިރު، އިސްރާއިލުން ވަނީ ވެކްސިންގެ 6.4 މިލިއަން ޑޯޒް ޖަހާފައެވެ. އިންޑިއާއިން މިހާތަނަށް 8 މިލިއަން ވެކްސިންގެ ޑޯޒް ވަނީ ޖަހާފައެވެ.

މިގައުމުތަކުގެ އިތުރުން ޔޫއޭއީ، ތުރުކީ، ބްރެޒިލް އަދި ކެނެޑާ، ރަޝިއާގެ އިތުރުން މެކްސިކޯގައިވެސް ވަނީ ވެކްސިންދިނުމުގެ މަސައްކަތް ފަށާފައިއެވެ.

ގައުމުތަކުން ކޮވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް ބޭނުންކުރަމުން ދަނީ 10 ވެކްސިނެކެވެ. އެއީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިނާއި، މޮޑާނާގެ ވެކްސިންގެ އިތުރުން، ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިން އަދި ސިނޮވެކްބައޯޓެކްގެ ވެކްސިން އާއި ގަމަލެޔާ އިންސްޓިޓިއުޓުން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިން އަދި ސަންސީނޯ ބަޔޮލޮޖިކްސްގެ ކޮވިޑް-19 ވެކްސިން އަދި ސިނޮޕަރމްގެ ދެ ވެކްސިނެވެ. އިންޑިއާގެ ބާރަތު ބައޯޓެކްގެ ވެކްސިނާއި ވެކްޓަރ އިންސްޓިޓިއުޓްގެ ކޮވިޑް-19 ވެކްސިން ދެ ގައުމަކުން ދަނީ ބޭނުން ކުރަމުންނެވެ.

ފައިޒަރ އަދި ބައޯއެންޓެކް ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި ބަހްރައިން، ނިއުޒިލޭންޑް، ސައުދި އަރަބިއްޔާ އަދި ސްވިޒަލޭންޑް ހިމެނެއެވެ. އާޖެންޓީނާ، އޮސްޓްރޭލިއާ، ކެނެޑާ، ޗިލީ އަދި ކޮލަމްބިއާ އާއި ކޮސްޓަރިކާ އިން ވަނީ މި ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. އިކުއިޑޯ، ޔޫރަޕިއަން ޔޫނިއަން، އައިސްލޭންޑް، އިރާގް، އިސްރާއިލް، ޖޯޑަން، ކުވައިތު، ލުބްނާން، މެލޭޝިއާ، މެކްސިކޯ، މޮންގޯލިއާ، ނޯރވޭ، އޮމާން، ޕަނަމާ، ޕެރޫ، ފިލިޕީންސް، ގަތަރު، ސަރބިއާ، ސިންގަޕޯރ، ޓިޔުނީޝިއާ، ޔޫއޭއީ، އިނގިރޭސިވިލާތް، އެމެރިކާ އަދި ދެކުނު ކޮރިއާގައި ވަނީ މިވެކްސިން އެމެޖެންސީކޮށް އަދި ލިމިޓެޑްކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ފައިޒަރގެ ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

މޮޑާނާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ސްވިޒަލޭންޑުން ދީފައިވާއިރު، އެމެޖެންސީ ހުއްދަ ޔޫރަޕިން ޔޫނިއަންގެ އިތުރުން ކެނެޑާ، އައިސްލޭންޑް، އިސްރާއިލް، މޮންގޯލިއާ، އަދި ނޯވޭ އާއި ގަތަރުގެ އިތުރުން ސިންގަޕޯރ އާއި އެމެރިކާ އަދި އިނގިރޭސިވިލާތުން ވަނީ ދީފައެވެ.

އެސްޓްރަޒެނެކާ ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއި ޔޫކޭގެ އިތުރުން ޕާކިސްތާނު، ނޭޕާލް، ސްރީލަންކާ، ބޫޓާން އަދި ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އާއި ރާއްޖެ އަދި ސައުތު އެފްރިކާގައި މިވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މީގެ އިތުރުން އަލްޖީރިއާ، ބްރެޒިލް، ޗިލީ އަދި އާރޖެންޓީނާ އާއި މެކްސިކޯ، އެލް ސަލްވަޑީ އަދި ޑޮމެނިކަން ރިޕަބްލިކާއި މިސްރު، ކުވައިތު، މޮންގޯލިއޯ، މޮރޮކޯ، ނޯރވޭ، ފިލިޕީންސް، ސީޝެލްސް، ދެކުނު ކޮރިއާ އަދި ތައިލޭންޑުން ވަނީ އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުމުގެ އެމެޖެންސީ ހުއްދަ ދީފައެވެ.

ރަޝިއާގެ ގަމަލެޔާ އިންސްޓިޓިއުޓްގެ ވެކްސިން ބޭނުންކުރުމުގެ އެމެޖެންސީ ހުއްދަ ރަޝިއާގެ އިތުރުން އަލްޖީރިއާ، އާޖެންޓީނާ، އަރމޭނިއާ، ބަހްރެއިން، ބެލަރޫސް، ބޮލީވިއާ، ބޮސްނިއަން ސަރބް ރިޕަބްލިކް، ގިނީ، ހަންގޭރީ، އިރާން، ކަޒަކިސްތާން، ލެބަނޫން، މެކްސިކޯ، މޮންގޯލިއާ، މިޔަންމާ، ނިކަރަގުއާ، ޕާކިސްތާން، ފަލަސްތީން، ޕެރެގުއޭ، ސަރބިއާ، ޓޫނީސިއާ، ތުރުކުމަނިސްތާން، ޔޫއޭއީ އަދި ވެނެޒުއޭލާގައި ވަނީ ދީފައެވެ.

ސިނޮފަރމްގެ ބެއިޖިން އިންސްޓިޓިއުޓްގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޗައިނާ، ބަހްރެއިން އަދި ޔޫއޭއީން ދީފައިވާއިރު، މި ވެކްސިން އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަދީފައި ވަނީ ކެމްބޯޑިއާ، މިސްރު، ހަންގޭރީ، އިރާގް، ޖޯޑަން، ޕާކިސްތާން އަދި ޕެރޫގައިއެވެ. މިވެކްސިން ލިމިޓެޑްކޮށް ބޭނުންކުރުމުގެ ހުއްދަ ސަރބިއާ އަދި ސީޝެލްސްއިން ވަނީ ދީފައެވެ. ސިނޮފަރމްގެ ވޫހާން ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ ޗައިނާ އަދި ޔޫއޭއީގައި އެވެ.

ސިނޮވެކް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޗައިނާއިން ދީފައިވާއިރު، މިވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އަޒަރްބައިޖާން، ބްރެޒިލް، ޗިލީ، ކޮލަމްބިއާ، އިންޑޮނޭޝިއާ، ލާއޯސް، ތުރުކީ އަދި އުރުގުއޭއިން ވަނީ ދީފައެވެ.

ސަންސީނޯ ބަޔޮލޮޖިކްސްގެ ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ ޗައިނާ އިންނެވެ. އަދި ވެކްޓަރ އިންސްޓިޓިއުޓްގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ ހަމަ އެކަނި ރަޝިއާއިންނެވެ. ބާރަތު ބައޯޓެކްގެ ވެކްސިން އެމެޖެންސީކޮށް ބޭނުން ކުރަމުން އަންނަނީ އިންޑިއާގައި އެކަނިއެވެ.

މިވެކްސިންތަކުގެ ތެރެއިން އެސްޓްރަޒެނެކާ-އޮކްސްފޯޑް ވެކްސިން، މޮޑާނާގެ ކޮވިޑް ވެކްސިން އަދި ފައިޒަރއާއި ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަނުން ދީފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މި ވެކްސިންތައް ރައްކާތެރިކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް