ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 12:12
ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށް އެތެރެވާން އުޅެނިކޮށް ހިފެހެއްޓި މީހާ
ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށް އެތެރެވާން އުޅެނިކޮށް ހިފެހެއްޓި މީހާ
އިމިގްރޭޝަން
ރާއްޖެ އެތެރެވާން އުޅުނު މީހެއް ހިފެހެއްޓުން
ނަކަލުކޮށްފައިވާ ޕާސްޕޯޓެެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި
ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރީ 36 އަހަރުގެ ބިދޭސީ ފިރިހެނެއް

ނަކަލުކޮށްފައިވާ ޕާސްޕޯޓެެއް ބޭނުންކޮށް ރާއްޖެއަށް އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަން ބޯރޑަރ ސެކިއުރިޓީން ހިފަހައްޓައިފިއެވެ.

މޯލްޑިވިސް އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކައުންޓަރޕިޓް ނުވަތަ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރީ 36 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އިމިގްރޭޝަނުން ބުނީ މި މިހާ ދޯހާ އިން ރާއްޖެ އައިސްފައިވަނީ 08 ފެބްރުއަރީގައި ކަަމަށެވެ. އަދި އެ މީހާ ބޭނުންކޮށްފައިވަނީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ޤައުމެއްގެ ޕާސްޕޯޓެއް ކަމަށެވެ.

މި މީހާ އަކީ މެދުއިރުމައްޗަށް ނިސްބަތްވާ މީހަކަށްވާއިރު ޕާސްޕޯޓް ނަކަލުކޮށްފައިވާކަން އިމިގްރޭޝަނަށް އެނގުނީ އިންޓަރޕޯލްގެ ޑޭޓާ ބޭސްގެ ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމަންޓްގެ ޑޭޓާ ބޭސްގައި ރަޖިސްޓަރކޮށްފައިވާ ޕާސްޕޯޓެއް އެމީހާ ގެންގުޅުމުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިތުރަށް މައުލޫމާތުދެމުން އިމިގްރޭޝަނުން ބުނެފައިވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްފިނަމަ ރާއްޖެ އެތެރެވެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

- ކޮމެންޓް