ކ. މާލެ
|
14 ފެބްރުއަރީ 2021 | އާދީއްތަ 22:15
ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓެއް ކަމަށްވާ ޑރ ސޯމިޔާ ސްވަމިނަތަން
ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓެއް ކަމަށްވާ ޑރ ސޯމިޔާ ސްވަމިނަތަން
ޑަބްލިޔު.އެޗް.އޯ
ކޮވިޑް-19 ވެކްސިން ޖެހުން
ވެކްސިން ޖެހުމުން ކޮވިޑުގެ އައު ވޭރިއަންޓުންވެސް ރައްކާތެރިކޮށްދޭ: ޑަބްލިއުއެޗްއޯ
 
ކުރިން ކޮވިޑް ޖެހިފައިވާ މީހަކަށްވެސް އައު ވޭރިއަންޓު ޖެހިފައިވާ ކަމުގެ ރިޕޯޓުތައް ލިބޭ
 
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިނޭޝަން ޕްރޮގްރާމް ވަނީ ފަށާފައި
 
އަވަހަށް ވެކްސިން ޖެހުން މުހިންމު

ކޮވިޑް-19 ވެކްސިން ޖެހުމުން މި ވައިރަސްގެ އައު ވޭރިއަންޓުންވެސް ރައްކާތެރިކަން ލިއްބައިދޭކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ޗީފް ސައިންޓިސްޓެއް ކަމަށްވާ ޑރ ސޯމިޔާ ސްވަމިނަތަން ވިދާޅުވީ، ކޮވިޑު ވެކްސިންގެ ސަބަބުން މި ވައިރަސް ޖެހިގެން ޙާލު ބޮޑުވާ ބަލި މީހުން މަދު ކުރެވޭ ކަމަށެވެ. އަދި މިއީ އައު ވޭރިއަންޓުންވެސް ރައްކާތެރިކަން ލިބިދޭނެ މަގެއްކަމަށް ވިދާޅުވިއެވެ.

ޑރ ސޯމިޔާ އިތުރަށް ވިދާޅުވީ، އައު ވޭރިއަންޓު ފެތުރެމުންދާއިރު، ކުރިން ކޮވިޑް ޖެހިފައިވާ މީހަކަށްވެސް އައު ވޭރިއަންޓު ޖެހިފައިވާކަމުގެ ރިޕޯޓުތައް މިހާރު ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ދެކުނު އެފްރިކާގައި އެފަދަ ކޭސްތަކެއް ރިޕޯޓް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިން ޖެހުމަކީ އެކަމުން ރައްކާތެރިވުމަށް އޮތް މަގެއްކަންވެސް ޑރ ސޯމިޔާ ފާހަގަ ކުރެއްވިއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ އެކި ވޭރިއަންޓުތަކުން ސަލާމަތްވުމަށް އަވަހަށް ވެކްސިން ޖެހުން މުހިންމު ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެގޮތުން ކޮވިޑުގެ އައު ވޭރިއަންޓުތައްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާއިރު، މިވަގުތު އޮތް އެންމެ ބޮޑު ދިފާއަކީ އަވަހަށް ވެކްސިން ޖެހުން ކަމަށާއި، އަދި ވީ އެންމެ އަވަހަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ނިންމާލުން މުހިއްމުކަން ސިއްޙީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، ބައެއް ޤައުމުތަކުން ގެންދަނީ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމޭއިރު އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް އަމާޒު ހިފައި، ވެކްސިން ޖެހުމުގެ ޙަރަކާތްތައް ފުޅާ ކުރަމުންނެވެ. ޚާއްސަ ގޮތެއްގައި އެކި ޤައުމުތަކުން ކޮވިޑުގެ އައު ވޭރިއަންޓު ފެންނަމުންދާއިރު، ވޭރިއަންޓުގެ ސަބަބުން ބައެއް ޤައުމުތަކުގައި ރެކޯޑު އަދަދުތަކުން މީހުން ޕޮޒިޓިވްވަމުން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
7%
93%
0%
0%
0%
0%
ކޮމެންޓް