ކ. މާލެ
|
13 ފެބްރުއަރީ 2021 | ހޮނިހިރު 22:08
ލޮކްޑައުންގައި މަގުމަތީގައި ޑެލިވަރީއަށް ނިކުމުގެ އުޅުނު ބަޔަކާ ފުލުހުން ސުވާލުކުރަނީ
ލޮކްޑައުންގައި މަގުމަތީގައި ޑެލިވަރީއަށް ނިކުމުގެ އުޅުނު ބަޔަކާ ފުލުހުން ސުވާލުކުރަނީ
ރާއްޖެއެމްވީ
ފިޔަވަޅުތައް ވަރުގަދަ ކުރުން
ކާފިއު ގަޑީގައި ދަތުރުކުރުމަށް ފުލުހުންގެ ޕާމިޓް ދޫކުރަނީ
އަމިއްލަ އުޅަނދުގައި ދަތުރުކުރާއިރު ދުރާލާ ހުއްދަ ހޯދުމަކީ މުހިންމު ކަމެއް

ހަތަރު ބޭނުމަކަށް ކާފިއު ގަޑީގައި ދަތުރުކުރުމަށް ފުލުހުންގެ ޕާމިޓް ދޫކުރަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސްޕޯކްސްޕާސަން އަދި ޗީފްސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ ކާފިއު ގަޑީގައި އަމިއްލަ ވެހިކަލްގައި ދަތުރުކުރުމަށް ހުއްދަ ދޫކުރުމަށް ނިންމާފައިވަނީ ޑިއުޓީއަށް ދާ ފަރާތްތަކާއި ކާބޯތަކެތި ޑެލިވަރީކޮށްދޭ ފަރާތްތަކާއި ސިއްހީ ބޭނުމެއްގައި ދަތުރުކުރުމަށް އެދޭ ފަރާތްތަކާއި އެއަރޕޯޓްތަކަށް ދާ މީހުންނަށް އެކަނި ކަމަށެވެ.

އަދި މީގެ ކުރިން ވެސް ޕާމިޓް ހޯދުމަށްޓަކައި ބޭނުންކުރި ޕޯޓަލް ބޭނުން ކުރެވޭނެ ކަމަށާއި މައުލޫމާތުތައް ފުރިހަމަ ކުރުމަށް ފޯނަށް ކޮންޕޮމޭޝަން މެސެޖް އަންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔޫނުސް އިތުރަށް ވިދާޅުވީ ޑިއުޓީގައި އުޅޭ ފަރާތްތައް ކުންފުނީގެ ކާޑު ދެއްކި ކަމުގައިވީ ނަމަވެސް ފުލުހުންގެ ޕާމިޓް ނުވަތަ ފުލުހުންގެ ހާއްސަ ހުއްދަ ލިބިފައިނުވާކަމުގައިވާނަމަ އެމީހަކު ވެސް ހިފައްޓާނެ ކަމަށެވެ. އެހެންކަމުން އަމިއްލަ އުޅަނދުގައި ދަތުރުކުރާއިރު ދުރާލާ ހުއްދަ ހޯދުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވަމުން އަންނައިރު ފިޔަވަޅުތައް ވެސް މިވަނީ ވަރުގަދަކޮށްފައެވެ. މާލެ ސަރަޙައްދުގައި އެއްފަހަރާ 10 (ދިހައެއް) މީހުނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން މަނާކޮށްފައިވާއިރު މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވާ ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގެ ގޮތުގައި ހަވީރު 06:00ން ފެށިގެން ހެނދުނު 06:00ށް ވަނީ ކަނޑައަޅާފައެވެ.

- ކޮމެންޓް