ކ. މާލެ
|
12 ފެބްރުއަރީ 2021 | ހުކުރު 13:08
ބީބީސީގެ ސްޓޫޑިއޯއެއް - ޗައިނާގައި ބީބީސީ ދެއްކުން މަނާކޮށްފައިވަނީ ގައުމުގެ ސިޔާދަތަށް ލޮޅުންއަރާތީކަމަށް ބުނެ
ބީބީސީގެ ސްޓޫޑިއޯއެއް - ޗައިނާގައި ބީބީސީ ދެއްކުން މަނާކޮށްފައިވަނީ ގައުމުގެ ސިޔާދަތަށް ލޮޅުންއަރާތީކަމަށް ބުނެ
ބީބީސީ
ޗައިނާގައި ބީބީސީ ދެއްކުން މަނާކުރުން
ޗައިނާގައި ބީބީސީ ދެއްކުން މަނާކޮށްފި
 
ބީބީސީ ދެއްކުން މަނާކޮށްފައިވަނީ ގައުމީ މަސްލަހަތަށް ބުރޫ އަރާ ފަދަ ރިޕޯޓް އެ ޗެނެލުން ދެއްކި ކަމަށް ބުނެ
 
ޗައިނާގައި ބީބީސީ ދެއްކުން މަނާކުރި އިރު ޗައިނާގެ ގައުމީ ޓީވީ ދެއްކުން ޔޫކޭގައި ވަނީ މަނާކޮށްފައި

ބީބީސީން ލިޔުނު ރިޕޯޓަކާ ގުޅިގެން، އެ ނޫސް އެޖެންސީއަކީ ފޭކްތަނެއްގެ ގޮތުގައި ލޭބަލް ކުރުމަށްފަހު ޗައިނާގައި އެ ޗެނެލް ދެއްކުން މަނާކޮށްފިއެވެ.

ނިއުސް18 ގައި ބުނެފައިވަނީ ބީބީސީ ނުވަތަ ބްރިޓިޝް ޓެލެވިޜަން ޗެނަލް ޗައިނާގައި ދެއްކުން މަނާކުރިކަން ހާމަކޮށްފައިވަނީ އެގައުމުގެ ނެޝަނަލް ރޭޑިއޯ އެންޑް ޓޭލެވިޜަން އެޑްމިނިސްޓްރޭޝަނުން ހުކުރު ދުވަހު ކަމަށެވެ. އަދި އެ ޗެނަލް ދެއްކުން މަނާކުރި އިރު ޔޫކޭގެ މީޑިއާ ރެގިއުލޭޓަރީން ޗައިނާގެ ގައުމީ ޓީވީގެ ބްރޯޑްކާސްޓިން ލައިސަންސް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ބޭންކޮށްފައެވެ.

ޗައިނާގެ ކަމާބެހޭ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާއިން ހިންގި ތަހުގީގުން ދައްކާ ގޮތުން ޗައިނާއާ ގުޅޭގޮތުން ހަދާފައިވާ ރިޕޯޓުގައި ސީރިއަސް މައްސަލަތަކެއް ހުރި ކަމަށާއި، ގަވާއިދުތަކާ ޚިލާފަށް ކަންކަން ހިމަނާފައިވާ ކަމަށެވެ. އަދި އެފަދަ ރިޕޯޓްތަކުގައި ތެދު އަދި ވަކިކޮޅަކަށް ޖެހިގެން މައުލޫމާތު ހިމަނަންޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޗައިނާގެ ގައުމީ ސިޔާދަތާއި އެއްބައިވަންތަ ކަމަށް ލޮޅުން އަރާ ކަމަށް ޗައިނާއިން ވަނީ ބުނެފައިވެއެވެ.

ޗައިނާގެ މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފައިވަނީ މި ސަބަބަށްޓަކައި ޗައިނާގައި ބީބީސީ ދެއްކުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭ ކަމަށެވެ. އަދި ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އެ ޗެނަލް ދެއްކުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.

މި މަހުގެ 4 ވަނަ ދުވަހު ބްރިޓިޝް މީޑިއާ ރެގިއުލޭޓަރ އޮފްކޮމް އިން ވަނީ ޗައިނާގެ ގްލޮބަލް ޓެލެވިޜަން ނެޓްވޯކް (ސީޖީޓީއެން) ގެ ލައިންސެންސް ބާތިލްކޮށް ޔޫކޭގައި ދެއްކުން މަނާކޮށްފައެވެ. ޔޫކޭއިން ބުނެފައިވަނީ ކުރިއަށް ގެންދިޔަ ތަހުގީގަކުން އެ ޗެނެލުން ގެންގުޅުނު ލައިސަންސް ސްޓަރ ޗައިނާ މީޑިއާ ލިމިޓެޑުން ނަގާފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް