ގިނަ އިނާމުތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ ރޯދަ މަހަށް އަމާޒުކޮށްގެން ބުރާސްފަތި ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ޕްރޮމޯޝަން ނިމުމުން އެއްވަނަށް ހޮވޭ ފަރާތަކަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ޓެކްނޯ ދޮންނަ މެޝިނެއްގެ އިތުރުން ފިލިޕްސް ސައުންޑްބާއަކާއި ސެންފޯޑް އަވަނެއް ލިބޭނެއެވެ. ދެވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ހިޓާޗީ ވެކިއުމް ކްލީނަރެއްގެ އިތުރުން ކުކާއެއް ލިބޭއިރު ތިންވަނައަށް އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީއަކާއި ހިޓާޗީ ދޮންނަ މެޝިނަކާއި ހިޓާޗީ ވެކިއުމް ކްލީނަރެއް ލިބޭނެއެވެ.
ހޯމް އިމްޕްރޫވްމެންޓްގެ އައިޓަމްތައް އީ ސްޓޯރއިން ގަތުމުން ޑެލިވަރީ ކޮށްދޭނެ ކަމަށާއި ކުރިން ޑެލިވަރ ކޮށްދެނީ ސުޕަމާޓުގެ އައިޓަމްތަކާއި ހޯމް އިމްޕްރޫވްމަންޓުން ގަންނަ ފްރިޖް ދޮންނަ މެޝިންފަދަ ތަކެތި ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
ލަކީ ޑްރޯގައި ބައިވެރިވެވޭނެ ހޯމް އިމްރޫވްމަންޓުންނަމަ 1000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރެއްވުމުން އަދި ސުޕަމާޓުންނަމަ 500 ރުފިޔާގެ ވިޔަފާރި ކުރެއްވުމުންނެވެ.
ރަމަޟާން ބާޒާރު ޕްރޮމޯޝަނަށްފަހު އެސްޓީއޯގެ މަކީޓާ ޕްރޮމޯޝަން މާޗު މަހު ފެށާނެ ކަަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.