ކ. މާލެ
|
9 ފެބްރުއަރީ 2021 | އަންގާރަ 20:58
ހިޔާ މަޝްރޫއުގެ ދަށުން އިމާރަތް ކޮށްފައިވާ ފްލެޓުތަކެއް
ހިޔާ މަޝްރޫއުގެ ދަށުން އިމާރަތް ކޮށްފައިވާ ފްލެޓުތަކެއް
މުހައްމަދު ފަޒީން
ހިޔާ މަޝްރޫއު ދާއިމީ ލިސްޓް އާންމު ކުރުން
ހިޔާ މަޝްރޫއު: ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފި
ލިސްޓު އާންމު ކޮށްފައިވަނީ އަންގާރަ ދުވަހު
ޝަކުވާ ހުށައެޅުމުގެ ފުރުސަތު ކުރިން ހުޅުވާލި
މީގެ ކުރިން ވަނީ ވަގުތީ ލިސްޓުތައް އާންމުކޮށްފައި

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ އެކި ގިންތިތަކަށް ފޯމު ހުށައެޅި މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގެޒެޓުގައިއާންމު ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

ހިޔާ މަޝްރޫއިން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައި މިވަނީ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށައެޅުމަށްވެސް ފުރުސަތު ދިނުމަށްފަހުއެވެ. އެގޮތުން "ހިޔާ" މަޝްރޫޢުގެ ފްލެޓުތަކުގެ ވަގުތީ ލިސްޓު އިޢުލާނުކޮށްފައިވާ ކެޓަގަރީތަކުގައި ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގައި ޕޮއިންޓްދީފައިވާ ގޮތާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތެއް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭރު ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތެއް ހުޅުވާފައި ވަނީ 2020 ޑިސެންބަރު 30 ވަނަ ދުވަހުން ފެށިގެން 2021 ޖަނަވަރީ 5 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

މި ލިސްޓުތައް އާންމު ކޮށްފައިވަނީ ކެޓެގަރީތައް ވަކިންނެވެ.

މި ކެޓެގަރީތަކުން 6،720 ފްލެޓު ލިބޭ މީހުންނާއި، ނުލިބޭ މީހުންގެ އިތުރުން، ޑިސްކޮލިފައިވެފައިވާ މީހުންގެ ލިސްޓު ސަބަބާއެކު ވަކިން ހިމަނާފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ހަވާލުކުރެވޭނީ 1 ފްލެޓް ކަމަށްވާތީ، ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ، ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީއެއްގައި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އެގޮތުން ކޮމިޓީއިން ދާއިމީ ލިސްޓު އިޢުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، މި ކެޓަގަރީތަކުގެ ފޯމުތައް، ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، ދާއިމީ ލިސްޓުން އުނިކުރެވިފައި ވާނެކަން ކޮމިޓީން ފާހަގަ ކޮށްފައިވެއެވެ.

ކޮމިޓީން އިތުރަށް ބުނީ، ހިޔާ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، %50 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ. އެއާއެކު، ދާއިމީ ލިސްޓް ފައިނަލް ކުރިއިރު، ބައެއް ކެޓަގަރީތަކަށް އެލޮކޭޓް ކޮށްފައިވާ ފްލެޓްގެ އަދަދަށްވުރެ އެ ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ އަދަދު މަދުވެފައިވާނެކަން ކޮމިޓީން ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން، ހިޔާ މަޝްރޫޢިން ފްލެޓް އެލޮކޭޓްކުރާއިރު، މާލޭގެ ރަށްވެހިންނަށް ފުރުސަތު ބޮޑުވާނެގޮތަށް ފްލެޓް އެލޮކޭޓްކުރުމުގެ އުސޫލަށް ބަދަލު ގެނައުން އެންމެ ރަނގަޅުކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަން ފާހަގަކޮށް ކޮމިޓީން ބުނީ، އެކި ކެޓަގަރީތަކުން މިގޮތަށް ބާކީވާ ފްލެޓް H8 (މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ) އަށް އިތުރު ކުރެވިފައިވާނެ ކަމަށެވެ.

- ކޮމެންޓް
9 ފެބްރުއަރީ 2021 | އަންގާރަ 22:36
އިންސާފު އޮހެނީ
މިއީ އިންސާފު ހޯދަދޭން އައިކަމަށް ކިޔާ ސަރުކާރެވެ. މި ކޮމެންޓްގައި މި ލިޔަނީ ހަމައެކަނި ފުލެޓްގެ ކަންތަކުގައި މި ސަރުކާރުން ދިން ނާއިންސާފުގެ ވާހަކަ. ވެރިކަމާއި، މަޖިލިސް ހޯދަދިނުމަށް ފާޅުގައި މަސައްކަތްކޮށްދިނިން. އިޚްލާސްތެރިކަމާއެކު. މާލޭގައި ބޮޑުކުލީގައި މުޅިއާއިލާ އެކަނިމާއެކަނި ބަލަހައްޓަމުން ދާތާ އެތަކެއް އަހަރުތަކެއްވެއްޖެ. ފުލެޓަށް ފޯމްލީއިރު ދިރިއުޅެމުންދިޔަ ތަނުން ނިކުތީ ވާރޭ ވެހިއްޖާ ބޯހިޔާވަހިވެސް ނުވާތީ. ލިބޭ އާމްދަނީ އާ މާލޭގައި ދިރިއުޅުނު މުއްދަތަށާއި، ދިރިއުޅުމުގެ ހާލަތަށް ބަލާނަމަ އިންސާފުގެ ތަރާދުން ލިބޭނެކަން ކަށަވަރު. ހުށަހެޅި ޝަކުވާގެ ޖަވާބެއް ނުދެއެވެ. ނުލިބޭކަން މެސެޖްކޮށްގެންވެސް ޖަވާބު ނުލިބިކޮށް އާންމުކުރީ ލިސްޓެވެ ނަމަވެސް، ޕީޕީއެމް ފިކުރުގެ މީހުން، އެމްޑީޕީ މަޖިލިސްއިންތިހާބަށް ކެންޕޭނު ކުރިއިރު ކެންޕޭނުކޮށްދޭމަތިން ފުލެޓް ދޭނެކަމުގެ ޔަޤީންކަން މިސަރުކާރުގެ ސިޔާސީ މީހުންދިން. ހަމަ އެގޮތަށް އެކަން ކޮށްފި. މިދައްކަނި ރާއްޖެތެރޭ ރަށުގައި 15 އަހަރު ވަޒީފާ ކުރަމުންދާ އަދި އެރަށުގައި ދިރިއުޅޭ މީހަކަށް ކެންޕޭނު ކޮށްދިންމަތިން ދަފްތަރު ކެޓަގަރީން ފުލެޓް ދިންވާހަކަ. މާލޭގައި ބޮޑު ކުލީގައި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި ގަނަތެޅުނު މީހުނަށްވެވޭ ކިހާބޮޑު އިންސާފެއްތޯ؟ އިންސާފު ކެކިއަރަނީއެވެ. ތިޔަކަން އަހަރެމެން އިންޝާالله ދައްކާނީ ވޯޓުންނެވެ.
9 ފެބްރުއަރީ 2021 | އަންގާރަ 21:24
ލިންކް އަކީ ކޮބާ ތޯ؟