ކ. މާލެ
|
1 މެއި 2017 | ހޯމަ 15:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ތުހުމަތުތައް މިފަހަރު އަމާޒްވީ ޗައިނާއަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ތުހުމަތުތައް މިފަހަރު އަމާޒްވީ ޗައިނާއަށް
ބީބީސީ
ޑޮނަލްޑް ޓްރަމްޕް
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
ތުހުމަތުތަކުގެ ހެއްކެތް ނެތް
ޖާސޫސީ އޮފިޝަލުން ތުހުމަތުކުރަނީ ރަޝިއާއަށް

އެމެރިކާގެ ރިޔާސީ އިންތިހާބާ ދިމާކޮށް ފެންމަތިވި ޑިމޮކްރެޓިކް ޕާޓީގެ އީމެއިލްތައް ހެކް ކުރުމަކީ ރަޝިޔާއިން ކުރިކަމެއް ކަމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލުން ބުނަމުން ގެންދަނިކޮށް އެކަން ޗައިނާގެ ބޮލުގައި އެޅުއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވައިފިއެވެ.

 

އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ޑިމޮކްރެޓިކް ޕާޓީގެ އީމެއިލް އެކައުންޓްތައް ހެކްކުރި ބަޔަކުވަނީ އިންތިޚާބަށް ނުފޫޒްފޮރުވޭ ވަރުގެ މެއިލްތަކެއް ފަތުރާލާފައެވެ.

 

މިކަމުގެ ތުހުމަތު މި ހުރިހާ ދުވަހު ކުރަމުން އައީ ރަޝީއާގެ މައްޗަށެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ޓްރަމްޕް ވެރިކަމަށް ގެނައުމަށް އެހީތެރިވެދިނިމުގެ ގޮތުން ރަޝީއާ އަދާކޮށްފައިވާ ރޯލެކެވެ.

 

ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އީމެއިލްތައް ހެކްކުރި މައްސަލަ ބަލަމުންދަނިކޮށް "ފޭސް ދަ ނޭޝަން" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އީމެއިލްތައް ހެކް ކުރީ ޗައިނާއިން ކަމަށް ވެދާނެ ކަމަށެވެ.

 

ޗައިނާގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތެއް ޓްރަމްޕް އެޅުއްވިއިރު، އެކަމާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ އެނޫން ވެސް ކަމެއް ޓްރަމްޕް ދައްކަވާފައެއް ނުވެއެވެ.

 

ޓްރަމްޕަށް ހެއްކެއް ދެއްކިވިފައި ނުވިޔަސް މުރާސިލުން ދެކޭ ގޮތުގައި ޓްރަމްޕް އެހެން ވިދާޅުވެފައި އެވަނީ ޗައިނާއަކީ  ސައިބާ ސެކިއުރިޓީ ދާއިރާއިން އެމެރިކާގެ ދުޝްމަނަކަށް ވާތީއެވެ.

 

ހެކަރުން ލީކުކޮށްލާފައިވާ އީމެއިލްތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި ހިލަރީ ވާދަކުރައްވަން ޑިމޮކްރެޓިކް ޕާޓީގެ ވެރިންގެ ތާއީދު އޮތްކަން ހާމަވާ މެއިލްތައް ހިމެނެއެވެ.

 

މީގެ އިތުރުން އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ބައެއް މެއިލްތަކުގެ އިތުރުން ޕާޓީ ހިންގާ މީހުންނާ އެހީތެރިން ފޮނުވާފައިވާ މެއިލްތަކެކެވެ.

 

ޗައިނާއާ ގުޅޭ ގޮތުން ޓްރަމްޕް މިފަދަ ވާހަކަތަކެއް ދައްކަވާފައި މިވަނީ އުތުރު ކޮރެއާގެ މައްސަލައިގައި ޗައިނާގެ އެހީތެރިކަން ހޯދުމަށް ކުރި މަސައްކަތްތައް ކޮޅެއްގައި ނުޖެހުމުންނެވެ.

- ކޮމެންޓް