ކ. މާލެ
|
5 ފެބްރުއަރީ 2021 | ހުކުރު 13:20
ފައިޒަރގެ ވެކްސިން ޖަހަނީ
ފައިޒަރގެ ވެކްސިން ޖަހަނީ
އޭޕީ
ފައިޒަރ-ބައޯއެންޓެކް ވެކްސިން
ފައިޒަރގެ ވެކްސިންޖެހުމުން ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަށްވުރެ ގިނަ މީހުންގެ ފަރާތުން ސައިޑް އިފެކްޓްސް ފެނޭ
 
ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ސައިޑް އިފެކްޓްތައް ފުރަތަމަ ޑޯޒް ޖެހުމުން ފެނިފައި ވަނީ 14 އިންސައްތަ މީހުންގެ ފަރާތުން
 
ސައިޑް އިފެކްޓްތަކުގެ އަސަރު ގާތްކަނޑަކަށް ދެދުވަހެއް ވަންދެން ހުރޭ
 
40،000 މީހުންގެ 37 އިންސައްތަ މީހުންގެ ފަރާތުން ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު ސައިޑް އިފެކްޓްތައް ފެނޭ

އިނގިރޭސިވިލާތުގައި އުފައްދާފައިވާ ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް-19 ޖެހި ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަށްވުރެ ގިނަ މީހުންގެ ފަރާތުން ވެކްސިންގެ ސައިޑް އިފެކްޓްތައް ފެނިފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސި ހެލްތު ސައިންސް ކުންފުންޏެއް ކަމަށްވަ ޒޯއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުން ފައިޒަރގެ ވެކްސިން ޖެހި 40،000 މީހުންގެ 37 އިންސައްތަ މީހުންގެ ފަރާތުން ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު ސައިޑް އިފެކްޓްތައް ވަނީ ފެނިފައެވެ. މި ސައިޑް އިފެކްޓްތަކުގެ އަސަރު ގާތްކަނޑަކަށް އެއް ދުވަސް ނުވަތަ ދެދުވަސް ވަންދެން ހުންނަ ކަމަށާއި އެހެން ނަމަވެސް ސައިޑް އިފެކްޓްތައް އެހާ ސީރިއަސް ނޫން ކަމަށް ދިރާސާގައިވެއެވެ. އަދި ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމުން ސައިޑް އިފެކްޓްތައް ފެންނަ މީހުންގެ އަދަދު 45 އިންސައްތައަށް އިތުރުވި ކަމަށް ރިޕޯޓްގައިވެއެވެ.

ގިނައިން ފެނިފައި ވަނީ ވެކްސިން ޖެހިތަން ދުޅަވުމާއި ވެކްސިން ޖެހިތަނަަށް ތަދުވުންފަދަ ސައިޑް އިފެކްޓްތައް ކަމަށް ދިރާސާގައިވެއެވެ. އަދި ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ސައިޑް އިފެކްޓްތައް ފުރަތަމަ ޑޯޒް ޖެހުމުން ފެނިފައި ވަނީ 14 އިންސައްތަ މީހުންގެ ފަރާތުން ކަމަށް ދިރާސާއިން ދައްކައެވެ. އަދި ދެވަނަ ޑޯޒް ޖެހުމުން މިފަދަ ސައިޑް އިފެކްޓްތައް ފެނިފައި ވަނީ 22 އިންސައްތަ މީހުންގެ ފަރާތުން ކަމަށް ދިރާސާގެ ރިޕޯޓްގައިވެއެވެ.

މި ދިރާސާއިން ދައްކާގޮތުން ފިރިހެނުންނަށް ވުރެ އަންހެނުންގެ ފަރާތުން ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ސައިޑް އިފެކްޓްތައް ވެކްސިން ޖަހާތާ އެއް ހަފްތާ ތެރޭގައި ފެންނަ ވަރު ގިނައެވެ. އެގޮތުން ވެކްސިން ޖެހި ފިރިހެނުންގެ 13 އިންސައްތަ މީހުންގެ ފަރާތުން ސައިޑް އިފެކްޓްތައް ފެނިފައިވާއިރު، ވެކްސިންގެ ޖެހި އަންހެނުންގެ 19 އިންސައްތަ މީހުންގެ ފަރާތުން ސައިޑް އިފެކްޓްތައް ވަނީ ފެނިފައެވެ.

މީގެ އިތުރުން އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވުރެ 55 އަހަރުން ދަށުގެ މީހުންގެ ފަރާތުން ސައިޑް އިފެކްޓްތައް ފެންނަ ވަރު އިތުރުކަމަށް ދިރާސާއިން ދައްކައެވެ. އުމުރުން 55 އަހަރުން މަތީގެ 14 އިންސައްތަ މީހުންގެ ފަރާތުން ސައިޑް އިފެކްޓް ފެނިފައިވާއިރު، 55 އަހަރުންގެ ދަށުގެ މީހުންގެ ތެރެއިން ސައިޑް އިފެކްޓް ފެނިފައި ވަނީ 21 އިންސައްތަ މީހުންގެ ފަރާތުންނެވެ.

ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދިން ގައުމަކީ އިނގިރޭސިވިލާތެވެ. އެގައުމުން ވެކްސިނަށް ހުއްދަ ދިނުމަށްފަހު އެންމެ ފުރަތަމަ ރައްޔިތުންނަށް ވެކްސިން ޖަހަންފަށާފައި ވަނީ އެގައުމުގައެވެ. ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާއިން ވެސް މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ އިރު، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ވަނީ މިވެކްސިނަކީ ރައްކާތެރި، ރަނގަޅު ވެކްސިނެއް ކަމަށް ބުނެފައެވެ.

ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިނަކީ 95 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
40%
0%
0%
60%
ކޮމެންޓް