ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިޚާބުގައި ކެމްޕެއިން ކުރުން ވަރޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ބާރު އަޅައިފިއެވެ.
މިގޮތަށް ބާރު އަޅާފައިވަނީކޮވިޑް-19ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރި ޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގައެވެ. މި އުސޫލުގެ 12 ވަނަ މައްދާގެ (ނ) ގައި ބުނެފައިވަނީ ތާއިދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ބަދަލުގައި، މިކަމަށް އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރުކުރުމަށް އެދިފައިވެއެވެ.
އަދި ގޭގެއަށް ޒިޔާރަތްކުރާނަމަ، ރައްކައުތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅުމާއި، ގޭގައި އުޅޭ މީހުންނާ ދިމާވުމުގައި މަދުވެގެން 3 ފޫޓުގެ ދުރުމިން ބެހެއްޓުމާއެކު މިގޮތަށް ގޭގެއަށް ޒިޔާރަތްކުރާއިރު ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމާއި، އަތާއި އަތްޖޯޑުކޮށް ސަލާމް ނުކުރުމާއި، ހޭންޑް ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ވަނީ އަންގާފައެވެ.
މި މާއްދާގެ (ރ) ގައި ބުނެފައިވަނީ ކެމްޕޭން ޖަލްސާތައް ވަރޗުއަލްކޮށް ބޭއްވުން، ވީއެންމެ ބޮޑަކަށް ޚިޔާރުކުރުމަށެވެ.
މީގެ އިތުރުން މި މާއްދާގައި ބުނެފައިވަނީ ކެންޑިޑޭޓުން، ތާއިދު ހޯދުމަށް މަސައްކަތް ކުރުމުގައި "ކޮވިޑް-19ގެ ހާލަތުގައި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ޙަފްލާތަކާއި ހަރަކާތްތައް ބޭއްވުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު" އާ އެއްގޮތަށް ޢަމަލު ކުރުމަށް އަންގާފައިވެއެވެ. އަދި މި އުސޫލާއި، ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.
އަދި ތާއިދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރާނަމަ،"ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި (ޓްރެވެލް ރިލޭޓަޑް) ކަރަންޓީނު ކުރުމާއި، ކަރަންޓީނު ކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު"އާ އެއްގޮތަށް ޢަމަލު ކުރުމަށް އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މޮނިޓަރިންގގެ ހާލަތުގައިވާ ރަށެއްގައި މިފަދަ ހަރަކާތްތައް ހިންގުމުގެ ގޮތުން ގޭގެއަށް ޒިޔާރަތް ނުކުރުމަށް އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކެންޑިޑޭޓުން ތާއިދު ހޯދުމަށް މަސައްކަތް ކުރުމުގައި"ކޮވިޑް-19 ގެ ހާލަތުގައި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ޙަފްލާތަކާއި ހަރަކާތްތައް ބޭއްވުމުގައި ޢަމަލުކުރަންވ ގޮތުގެ އުސޫލު"އާ އެއްގޮތަށް ޢަމަލު ކުރުމަށް އަންގާފައިވާ އިރު، މި އުސޫލާއި، ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އުސޫލުގައި ބުނެފައިވެއެވެ.