ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 21:25
ޕްރިޒަންސް އޮފިސަރެއް
ޕްރިޒަންސް އޮފިސަރެއް
ކަރެކްޝަން ސަރވިސް
ކޮވިޑަށް ޕޮޒިޓިވްވުން
ހުޅުމާލެ ޖަލުން 31 ޤައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ވައިރަހަށް ޕޮޒިޓިވްވި މީހުން އެކަހެރި ކުރެވިފައިވޭ

ހުޅުމާލެ ޖަލުން 31 ޤައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މި ގައީދިން ޕޮޒިޓިވްވެފައިވަނީ ގައިދީންނާއި މުވައްޒަފުން ހިމެނޭ ގޮތަށް ނެގުނު 112 ސާމްޕަލްގެ ތެރެއިން ކަމަށެވެ. ސާމްޕަލް ނަގާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ހުޅުމާލެ ޖަލުން އުމުރުން 56 އަހަރުގެ ގައިދީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ވައިރަހަށް ޕޮޒިޓިވްވި މީހުން އެކަހެރި ކުރެވިފައިވާކަމަށާއި ކޮންޓެކްޓުން ކަރަންޓީން ކުރެވިފައިވާކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

މީގެ ކުރިން ހުޅުމާލެ ޖަލުން 11 ގައިދީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ފުރުވާލެެވެންދެން ބައިތިއްބާފައި ތިބި ފަސް ބިދޭސީންނާއި، ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީންވެސް ހިމެނެއެވެ.

ޖަލުތަކުގައި ބަލިފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޖަލުން މީހުން ޕޮޒިޓިވްވުމާއިއެކު ކަރަންޓީން ފެސިލިޓީތަކަށް މީހުން ބަދަލުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ. މީގެ ކުރިން ކަމާބެހޭފަރާތްތަކުން ވަނީ ޖަލުތަކުގެ ކޮވިޑް-19 ގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލިންގެ މަސައްކަތްވެސް ކޮށްފައެވެ.

- ކޮމެންޓް