ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 10:23
ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގްރީން ހައުސްގައި ތަރުކާރީގެ ބާވަތްތައް ހައްދަނީ
ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގްރީން ހައުސްގައި ތަރުކާރީގެ ބާވަތްތައް ހައްދަނީ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ރިޔާސީ ބަޔާން 2021
ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް ތައްޔާރުވެއްޖެ
 
ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް
 
ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމުކޮށް، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށޭނެ
 
އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއް އުފައްދާފައިވޭ

ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ދަނޑުވެރި އުފެއްދުންތައް ރަނގަޅު އަގުގައި މާކެޓްކުރެވޭނެ އިންތިޒާމެއް ނެތުމާއި، ގަންނަން ބޭނުންވާ މީހުންނަށް، ދެމެހެއްޓެނިވި ގޮތެއްގައި، އުފެއްދުންތައް ލިބޭނެކަމުގެ ޔަގީންކަން ނެތުން ކަމަށެވެ.

އަދި މިކަން ޙައްލުކުރުމަށް، އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއް އުފައްދާ، މިދިޔަ ފުރަބަންދުގެ ތެރޭގައި ވެސް ދަނޑުވެރި އުފެއްދުންތައް ބާޒާރަށް ނެރުމުގައި، އެ ކުންފުނިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި މުޅިން އަލަށް ފަށާ ކޮންޓްރެކްޓް ފާމިންގ އުޞޫލުން ދަނޑުވެރިކަން ކުރަން ކަނޑައަޅާފައިވާ 45 ރަށެއް ގެ ދަނޑުވެރިންނާއެކު، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމުކޮށް، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް، އެގްރޯ ކުންފުނިން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިކަމުގެ މަޤްޞަދަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދެއްވުން ކަމަށެވެ.

ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ޚާއްޞަ ސްޓްރެޓެޖިކް ޕްލޭނަކާއެކު ކަމަށާއި، އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މީގެ ކުރިން ހާމަކޮށްފައިވެއެވެ. މި ފާއިތުވެދިޔަ އަހަރުތަކުގައި ނުދެވޭ ޚާއްޞަކަން މި ސަރުކާރުގައި ދަނޑުވެރިމުގެ ސިނާޢަތަށް ދީފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ބަޖެޓް ކަނޑައެޅުމާއި އެގްރޯ ޓޫރިޒަމް ފުޅާ ކުރުމުގައި މަސައްކަތް ކުރުމާއި، ދަނޑުވެރިކަމުގެ ޕްރޮޑަކްޝަން އިތުރު ކުރުމަށް މަސައްކަތްކޮށް ދަނޑުވެރިންނަށް ޚާއްޞަކޮށް ލޯނުތައް ދޫކުރެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
75%
0%
25%
0%
0%
ކޮމެންޓް