ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 19:41
މިދިޔަ އަހަރުވެސް ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު މެމްބަރުން މަޖިލިސް ތެރޭގައި އިހުތިޖާޖު ކުރަނީ
މިދިޔަ އަހަރުވެސް ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު މެމްބަރުން މަޖިލިސް ތެރޭގައި އިހުތިޖާޖު ކުރަނީ
ޓްވިޓަރ
ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވެވުން
މާދަމާ ރިޔާސީ ބަޔާން އިއްވަވާ ވަގުތު ހަމަނުޖެހުން އުފެއްދުމަށް އިދިކޮޅު މެމްބަރުން ރާވަނީ؟!
 
ޗެމްބަރަށް ވަންނައިރު މެމްބަރުން ފާސް ކުރާ ގޮތަށް ހަމަޖެހިފައިވޭ
 
ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ އަހަރުވެސް މުޒާހަރާ ކުރި
 
މަޖިލީހުގެ އެތެރޭގެ އިންތިޒާމުތައް ވަނީ ވަރުގަދަ ކޮށްފައި

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ރިޔާސީ ބަޔާން އިއްވަވާ ވަގުތު އިދިކޮޅު މެމްބަރުން މަޖިލިސް ތެރޭގައި އަޑުގަދަކޮށް، ހަމަޖެހުން ނަގާލުމަށް ރާވަމުންދާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިމިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވެވި ވަގުތު މަޖިލިސް ތެރޭގައި ހަމަނުޖެހުން ހިންގި ގޮތަށް، މިއަހަރުވެސް އިދިކޮޅު މެމްބަރުން މަޖިލިސް ތެރޭގައި އަޑުގަދަކޮށް ހަމަޖެހުން ނަގާލުމަށް ރާވަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ އެތެރޭގެ އިންތިޒާމުތައްވެސް ވަރުގަދަ ކޮށްފައިވާއިރު، ޗެމްބަރަށް ވަންނައިރު މެމްބަރުން ފާސް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުދަ ދުވަހު މަޖިލިސް އިދާރާއިން ވަނީ މެމްބަރުންނަށްވެސް އަންގާފައެވެ.

2020 ވަނަ އަހަރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވިއިރު، އިދިކޮޅުގައި ތިއްބެވި ބޭފުޅުން ތިއްބެވީ އެމަނިކުފާނުގެ ކުރިމައްޗަށް މުޒާހަރާކުރުމަށް ނިކުމެވަޑައިގެންނެވެ. ރިޔާސީ ބަޔާން ފެއްޓެވުމާއެކު، ކެމެރާއަށް މަންޒަރުވެސް ނުފެންނާނެހެން ބޮޑު ޕޯސްޓަރުތައް ހިއްޕަވައިގެން ތިއްބަވައި ގޮވާލައްވަމުން ގެންދެވީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.

އެހެން ނަމަވެސް، އިދިކޮޅަށް ނިސްބަތްވާ ހަ ވަރަކަށް މެމްބަރުން މުޒާހަރާ ކުރައްވަމުން ގެންދެވިއިރުވެސް، ރައީސް ސޯލިހް ވަނީ ރިޔާސީ ބަޔާން، ސާބިތުކަމާއެކު ކުރިއަށްގެންދަވާފައެވެ.

އޭރު އިހުތިޖާޖު ކުރައްވަމުން ގެންދެވި މެމްބަރުން، ރައީސް ދެއްވި ރިޔާސީ ބަޔާނަށް އެވަގުތުވެސް ރައްދު ދެއްވަމުން ގެންގޮސްފައިވާއިރު، މިއަހަރުވެސް ހަމަ އެކަންކަން ތަކުރާރު ކުރެއްވުމަށް ދަނީ ރާވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
55%
5%
30%
10%
0%
ކޮމެންޓް
4 ފެބްރުއަރީ 2021 | ބުރާސްފަތި 11:37
ރާގުންޑާ
ދެންވެސް ތިބެނީ ތިމާމެން ކަހަލަ ޖަނަވާރުންނޭ ހީވެ ލޮލުފިޔަ ނުޖަހާތަ ރޭގަ ތިބީ؟ ލަދުކުޑައީ ވަކިވަރަކަށް ނޫން.