ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 17:12
މިޔަންމާގެ ލީޑަރު އަން ސަން ސޫކީ- ސޫކީގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައި
މިޔަންމާގެ ލީޑަރު އަން ސަން ސޫކީ- ސޫކީގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައި
އިންޑިއަން އެކްސްޕްރެސް
މިޔަންމާގެ އަސްކަރިއްޔާގެ ބަޢާވަތް
ސޫކީގެ މައްޗަށް ދައުވާ އުފުލައިފި، ޤަވާއިދާ ޚިލާފަށް ރޭޑިއޯތަކެއް އެތެރެކުރިކަމުގެ ދައުވާވެސް ހިމެނޭ!
 
އެ ޤައުމުގެ ރައީސް ވިން މިންޓގެ މައްޗަށްވެސް ދައުވާތަކެއް އުފުލާފައިވޭ
 
ސޫކީ މިވަގުތު ހުންނެވީ ނައިޕިޓޯގައި އެކަމަނާ ހުންނަވާ ގެކޮޅުގައި ބަންދުގައި
 
އެ ޤައުމުގެ ރައީސް ވިން މިންޓ ގެ މައްޗަށްވެސް ދައުވާތަކެއް އުފުލާފައިވޭ

މިޔަންމާގެ ލީޑަރު އަން ސަން ސޫކީގެ މައްޗަށް ދައުވާތަކެއް އުފުލައިފިއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސޫކީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ކޮމިއުނިކޭޝަން ރޭޑިއޯތަކެއް އެތެރެކޮށް ގެންގުޅުއްވިކަމުގެ ދައުވާއާއި، އެ ޤައުމުގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނުތަކާ ޚިލާފަށް އަމަލު ކުރެއްވިކަމުގެ ކުށުގެ ދައުވާވެސް ހިމެނެއެވެ.

ފުލުހުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން މިހިނގާ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސޫކީ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި ސޫކީ މިވަގުތު ހުންނެވީ ނައިޕިޓޯގައި އެކަމަނާ ހުންނަވާ ގެކޮޅުގައި ބަންދު ކޮށްފައިކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އޭގެ އިތުރުން، އެ ޤައުމުގެ ރައީސް ވިން މިންޓގެ މައްޗަށްވެސް ދައުވާތަކެއް އުފުލާފައިވާ ކަމަށާއި، ވިން މިވަގުތު ހުންނެވީ ޖަލު ބަންދުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި ވިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮވިޑާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅުތަކަކާއި ގުޅިގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިޔަމަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫކީއާއި ސަރުކާރުގެ އިސްވެރިން ބަންދުކުރީ މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ސޫކީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވާކަން އިއުލާން ކޮށްފައިވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
20%
73%
0%
7%
0%
0%
ކޮމެންޓް