ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 13:04
އެމްޑީޕީގެ ތަރުޖަމާން މުހައްމަދު ސައިފް ފާތިހު
އެމްޑީޕީގެ ތަރުޖަމާން މުހައްމަދު ސައިފް ފާތިހު
ރާއްޖެ އެމްވީ
އެމްޑީޕީގެ ލޯކަލް ކައުންސިން ކެމްޕެއިން
ސިޔާސީ ވާދަވެރިންގެ އަދާވާތްތެރިކަން މިވަނީ ކުޅަދާނަ ނުވާ މިންވަރަށް ގޮސްފައި - އެމްޑީޕީ
 
ސިޔާސީ ވާދަވެރިން ދަނީ ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްޙަތަށް ނުރައްކާވާފަދަ ވާހަަކަތައް ދައްކަމުން
 
އެމްޑީފީގެ ރަށްވެހި ފަތިސް ކެމްޕެއިނުގައި ރައްޔިތުންގެ ރައްކާތެރިކަމަށް ވުރެ މުހިންމުކަމެއް ނެތް
 
ވެކްސިން ނުޖެހުމަށް އުޒުރުދައްކައި، އެ ވެކްސިނާ މެދު ޝައްކު އުފެއްދުމަށް ވާހަކަތައް ދެއްކުން މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާ ކަމެއް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސީ ވާދަވެރިންގެ އަދާވާތްތެރިކަން މިހާރު މިވަނީ ކުޅަދާނަ ނުވާ މިންވަރަށް ގޮސްފައި ކަމަށް އެޕާޓީގެ ތަރުޖަމާން މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތަރުޖަމާން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ސިޔާސީ ވާދަވެރިން ދަނީ ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްޙަތަށް ނުރައްކާވާފަދަ ވާހަަކަތައް ދައްކަމުން ކަމަށެވެ. އެމްޑީޕީގެ ސިޔާސީ ވާދަވެރިން ސިޔާސީ މަންފާތަކެއް ހޯދަައި، ކެމްޕޭނެއް ކާމިޔާބު ކުރުމަށް ސިއްޙީ ޚިދުމަތްތަކާއި ވެކްސިނާއި މެދު ޝައްކުއުފެއްދުމަށް މިދަނޑުވަޅުގައި ވާހަކަދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ސައިފް ވިދާޅުވިއެވެ.

ޔޫރަޕުގެ ގައުމުތަކުން އެވެކްސިނެއް ހޯދުމަށް އެއްގައުމު އަނެއް ގައުމަށް ކޯޅެމުންދާ ވެކްސިން، އެކުވެރި ގައުމެއްގެ ހެޔޮ އެދުމާ އެކު ހިލޭ ރާއްޖެއަށް ލިބުމުން އެ ވެކްސިން ނުޖެހުމަށް އުޒުރު ދައްކައި، އެ ވެކްސިނާ މެދު ޝައްކުއުފެއްދުމަށް ވާހަކަތައް ދެއްކުމަކީ ސިޔާސީ ވާދަވެރިން، ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާ ކަމެއް ކަމަށް ސައިފް ތަކުރާރުކޮށް ފާހަގަކުރިއެވެ.

ސައިފް ވަނީ ކޮވިޑަކީ އެއްގޮތަކަށް ވެސް ސަމާސާއެއް ނޫން ކަމަށާއި މިބަލީގެ ސަބަބުން ރާއްޖެއަށް އެތައް ނޭދެވޭ އަސަރެއްކޮށް އެތައް ފުރާނައެއް މި ބަލީގައި ގެއްލިގެން ގޮސްފައިވާއިރު، މުޅި ދުނިޔެއަށް މިބަލީގެ ނުރައްކާތެރިކަން އިންތިހާއަށް ފޯރާފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ލީޑަރޝިޕްގެ ދަށުން ކޮވިޑް-19 އަށް ވެކްސިން ޖަހަން ފެށި، ބަލިމަޑުކަމުން އަރައިގަނެވޭކަން އެބަ ފެނިގެންދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ރަނގަޅަށް ބޯލެނބިއްޖެނަމަ ވެކްސިން ޖަހައި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް ވަނީ ވިދާޅުވިއެވެ.

ޕްރެސްގައި ވާހަކަދައްކަމުން ސައިފް އިތުރަށް ވިދާޅުވީ ރާއްޖެ މިހާރު މިދަނީ އިންތިޚާބަކާ ދިމާލަށް ކަމަށާއި، ދިވެހި ރައްޔިތުންނަކީ ތަންދޮރު ނޭނގޭ ބައެއް ނޫންކަމަށާއި، ސިޔާސީ ފައިދާ އަކަށް ވެކްސިނާ ދެކޮޅަށް ވާހަކަދައްކާނަމަ އޭގެ އަސަރު ވޯޓު ފޮށިން ފެންނާނެ ކަމަށެވެ. އަދި އެމް.ޑީ.ފީ.ގެ ރަށްވެހި ފަތިސް ކެމްޕެއިނަށް ރައްޔިތުންގެ ރައްކާތެރިކަމަށް ވުރެ މުހިންމުކަމެއް ނެތް ކަމަށެވެ. އަދި އެމް.ޑީ.ޕީ.ގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އެޗްޕީއޭ އާއި ކަމާބެހޭ އިދާރާތަކުން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
71%
0%
14%
14%
0%
ކޮމެންޓް
3 ފެބްރުއަރީ 2021 | ބުދަ 15:38
އެހިންޏަ
އެހެން! ތިޔަބައިމީހުންގެ އަންނި ގެ ނުކުޅަދާނަކަން ހުރިވަރު ބަލާލިންތޯ!
3 ފެބްރުއަރީ 2021 | ބުދަ 14:13
ސިނެކް
ޢަދުރޭވެސް މިހާރު ބުނެފި ސިނޮފާމަށްވުރެ އެސްޓްރާޒެނެކޯ ރަނގަޅީ މަޖަހާނީ ސިރާނީ ވައްތަރޯ އެކަމަކު ވެކުސިން ޖަހަންދާތަނުން ސިނޮފާަމުވައްތަރު ޖަހާފާނެތީ ކަން ބޮޑުވެޔޯ ޕ ޕ މ ކުދިންނަށޯ ސިނޮފާމްވެކުސިން