ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 12:01
ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެންސްފައި މިވަނީ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން
ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެންސްފައި މިވަނީ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން
ކެފޭ ރެސްޓޯރެންޓާއި ފިހާރަތައް ހުޅުވޭނެ ގަޑި
ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދެވޭނީ ރޭގަނޑު 10:30 އާ ހަމައަށް
 
ޖެނުއަރީ 24 ގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ސައިހޮޓާތައް މެންދަމު 1:00ށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައި
 
ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި ވިޔަފާރިކުރާ ތަންތަނުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ޖެހޭ

ފެބްރުއަރީ 3 ވަނަ ދުވަހުން ފެށިގެން ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކެންޓީންތައް އަދި ސައިހޮޓާތަކުގެ އިތުރުން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00ން ރޭގަނޑު 10:30ށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން އެ މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން، ޖެނުއަރީ 24 ގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ސައިހޮޓާތައް މެންދަމު 1:00ށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ އައު ވޭރިއަންޓް އުޅޭކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިޢުލާނުކޮށްފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ 3 ފެބްރުއަރީން ފެށިގެން މާލެ ސަރަޙައްދުގައި ރޭގަނޑު 11ން ފެށިގެން ފަތިހު 4:30ށް ކާފިއު ހިންގުމަށް ނިންމާފައެވެ. އަދި ރޭގަނޑު 08:30ން ފެށިގެން ފަތިހު 04:30ށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން ވެސް އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ފާއިތުވި ހަފްތާ ދުވާލެއްގެ މައްޗަށް ފެނުނު ކޭސްތަކުގެ އަދަދު ހުރީ 100 އިން މަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް
3 ފެބްރުއަރީ 2021 | ބުދަ 12:23
ފޮޓޯގަ އެއިނީ ރ ފުޅިއެެއްތަ، ނުވަތަ ރ ކަމަށް ޝައްކުކުރެވޭ އެއްޗެއްތަ، ނުވަތަ ރ އިސްތިހާރެއްތަ!