ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 08:12
ހުޅުމާލޭގައި، ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގައި ހަރަކާތްތެރިވަނީ
ހުޅުމާލޭގައި، ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ވެމްކޯގެ ޚިދުމަތްތައް
ވެމްކޯއިން ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
 
އިތުރު މަޢުލޫމާތު ވެމްކޯގެ ކޯލް ސެންޓަރު ނަންބަރު 1666ށް ގުޅުމުން ލިބޭނެ

ރާއްޖޭގައި ކޮވިޑް ވައިރަސް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ސަރުކާރުން ފިޔަވަޅުތައް އަޅާފައިވާއިރު ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓްތަކުން ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

ވެމްކޯ އިން ނެރުނު އިޢުލާނެއްގައި ބުނީ ވެމްކޯގެ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުނި ނެގުމާއި ކުނި އުކައިލުމުގެ ޚިދުމަތަށް ބުރޫނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމަށްޓަކައި ވެމްކޯގެ ކޯލް ސެންޓަރުގެ ޚިދުމަތާއި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބުދަ ދުވަހުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިގެނެވުނު ބަދަލާއެކު ވެމްކޯއިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ، ވިލިމާލެ، ހުޅުމާލެ އިން ހަފުތާއަކު ކޮންމެ ދުވަހަކު ވެސް ޚިދުމަތް ދޭން ފަށާނީ ހެނދުނު 8:00ން 11ށް ކަމަށެވެ. އަދި ހުކުރު ދުވަހު ހެނދުނު 8:00ން 11:00ށް އަދި 14:00ން 20:00ށް ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

ތިލަފުށީގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 08:30ން 20:00ށެވެ. އަދި ހުކުރު ދުވަހު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 14:30ން 20:00ށެވެ.

ވެމްކޯ އިން ބުނީ ޚިދުމަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ވެމްކޯގެ ކޯލް ސެންޓަރު ނަންބަރު 1666ށް ގުޅުމުން ލިބޭނެ ކަމަށެވެ. އަދި ކޯލް ސެންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 09:00ން ރޭގަނޑު 20:00ށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެމްކޯއިން ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް އަދިވެސް ދެމުން ގެންދަނީ ލޮކްޑައުންގައި ޚިދުމަތް ދިން ގޮތަށެވެ. އެގޮތުން މާލެ ސަރަހައްދުގައިވާ ހުރިހާ ގެތަކަކުން ކުނި ނަގަމުންދާނީ އިމާރާތުގެ ތިރިންނެވެ.

މަގުމަތީގައި ކުނި ބަހައްޓާއިރު މަގުގައި ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދަތިނުވާ ގޮތަށް މަގުގެ އެއްފަރާތެއްގައި ކުނި ބެހެއްޓުމަށް ވެސް ވެމްކޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
25%
0%
0%
0%
25%
ކޮމެންޓް
3 ފެބްރުއަރީ 2021 | ބުދަ 12:50
ހަރާންފަދަ
އަހަރުމެން ކުނި ބަހައްޓާ އިރު އެއްކައިރި ބެހެއްޓިޔަސް އެ ކުނިތައް ނަގައިގެން ގެންގޮސް ކޮންމެވެސް ގެއެއްގެ ދޮރުމައްޗަށް ނޫނީ މަގެއްގެ ކަނަށް ފުންޏަކަށް އަޅައިފައި ފައިބާ ދިޔަތަކާ އެއްޗިހި މުޅިމަގަށް އަޅައިފައި ކުނިނަގާ މީހުން މާސްކު ނާޅައި ހަޅޭލާފައި ހަލާކުވެގެން އަޑު ފައްގަނޑު ލައްވަމުން އެ އަންނަ އެތި އައިސް ކުނިނަގަންދެން ތިރީ ބުރިތަކުގައި އުޅޭ ފަގީރު ރައްޔިތުން ޖެހެނީ މެންދަމުން އަލިވާ ފަހުން ހޭލައިގެން އުޅޭން. ހެނދުނު ގޭން ބޭރަށް ފިޔަވަޅެއް އެޅެނީ ކުނިވަސް ފިލުވަން ސްޕްރޭ ޖަހާފަ ދިޔަގަނޑު މައްޗަށް އުވަ އަޅައިގެން. ބަރާބަރު ހިދުމަތެއް ތިދެނީ