ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 22:32
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭނުން ކުރަމުންދާ ކޮވިޝީލްޑް ވެކްސިން- މި ވެކްސިނަކީ 70 އިންސައްތަ ރައްކާތެރި ވެކްސިނެއްކަމަށް ތަޖުރިބާކާރުން ބުނޭ
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭނުން ކުރަމުންދާ ކޮވިޝީލްޑް ވެކްސިން- މި ވެކްސިނަކީ 70 އިންސައްތަ ރައްކާތެރި ވެކްސިނެއްކަމަށް ތަޖުރިބާކާރުން ބުނޭ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ރާއްޖެއިން މިއަދު 554 މީހަކަށް ކޮވިޑް ވެކްސިން ޖަހައިފި، މިއަދުގެ ޕޮޒިޓިވް އަދަދަކީ 99
 
މާލެ ސަރަޙައްދުން ޕޮޒިޓިވްވި 82 މީހެއްވެސް ހިމެނޭ
 
ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 99 މީހެއް
 
ރާއްޖެއިން ހުއްދަދީ ބޭނުން ކުރަމުންދާ ވެކްސިނަކީ ކޮވިޝީލްޑް ވެކްސިން

ކޮވިޑް-19 ވެކްސިންޖެހުމުގެ ޕްރޮގްރާމްގެ ދަށުން އަންގާރަ ދުވަހުވެސް އިތުރު 554 މީހަކަށް ކޮވިޑް ވެކްސިން ޖަހާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އިތުރު 554 މީހަކަށް ކޮވިޑް ވެކްސިން ޖަހާފައިވެއެވެ. އެގޮތުން ރާއްޖެއިން ހުއްދަދީ ބޭނުން ކުރަމުންދާ ވެކްސިނަކީ އެސްޓްރަޒެނެކާގެ ވެކްސިން ފޯރމިއުލާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

ރާއްޖެއިން ރަސްމީކޮށް ވެކްސިން ޖަހަން ފަށާފައިވަނީ ހޯމަ ދުވަހުއެވެ. އަދި ފާއިތުވި ދެ ދުވަހުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު މިވަނީ 880ށް އަރާފައެވެ. އޭގެ ތެރޭގައި ހަމައެކަނި މާލެ ސަރަޙައްދުން ވެކްސިން ޖެހި 666 މީހެއްވެސް ހިމެނެއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 99 މީހެކެވެ. މިއީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައިވެސް ރާއްޖޭގެ ޕޮޒިޓިވް ކޭސްތައް 100ން ދަށްވި ފުރަތަމަ ދުވަހެވެ.

އަންގާރަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 82 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 5 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހެއްވެސް ހިމެނެއެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ 16،155ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 1833 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
100%
0%
0%
0%
0%
ކޮމެންޓް