ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 18:28
މާލޭ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވަނީ- މާލޭގައިވެސް އަދި އަތޮޅުތެރޭގައިވެސް ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރު ކުރުމަށް މިވަނީ ނިންމާފައި
މާލޭ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވަނީ- މާލޭގައިވެސް އަދި އަތޮޅުތެރޭގައިވެސް ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރު ކުރުމަށް މިވަނީ ނިންމާފައި
ރާއްޖެއެމްވީ
އާންމު ތަންތަނުގައި މާސްކް އެޅުން މަޖުބޫރު ކުރުން
7 ފެބްރުއަރީން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކްއެޅުން މަޖުބޫރު
ގެއިން ބޭރުގައި އަދި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައި
މާލެއިން ރަށްރަށަށް ދަތުރު ކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭ
ވަކި ގޮތެއް އަންގަންދެން މި ނިންމުން ދެމި އޮންނާނެ ކަމަށް އެންގުމުގައި ބަޔާން ކޮށްފައިވޭ

މިހިނގާ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރު ކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވާފައިވާ އިއުލާނެއްގައި ވަނީ އެކަން ހާމަ ކުރައްވާފައެވެ. އެގޮތުން 7 ފެބްރުއަރީން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އަދި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

އެންގުމުގައިވާ ގޮތުން އުމުރުން 2 އަހަރުގެ ކުޑަ ކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތު ކުރާ ވަގުތުގައާއި، އެހެން މީހެއްގެ އެހީއާ ނުލައި މާސްކް އަޅައި، މާސްކް ނުނެގޭ މީހުންގެ އިތުރުން، ހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޚިދުމަތް ހޯދާ ވަގުތު މާސްކް އެޅުން މަޖުބޫރު ކުރި ކުރުމުން އިސްތިސްނާ ވެއެވެ.

އޭގެ އިތުރުން، ބުދަ ދުވަހުން ފެށިގެން ޚާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެއިން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރު ކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތުންވެސް ވަނީ ލާޒިމު ކޮށްފައެވެ. އަދި ވަކި ގޮތެއް އަންގަންދެން މި ނިންމުން ދެމި އޮންނާނެ ކަމަށް އެންގުމުގައި ބަޔާން ކޮށްފައިވެއެވެ.

ބުދަ ދުވަހުން ފެށިގެން އަމަލު ކުރުމަށް އަންގާފައިވާ އިތުރު އެންގުންތަކުގެ ތެރޭގައި ޕްރީ ސުކޫލުތަކާއި، ނާރސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުމާއި، ޑޭ ކެއަރ ޚިދުމަތްދޭ ތަންތަނުން ދެމުން ގެންދާ ޚިދުމަތްތައް މެދުކަނޑާލުންވެސް ހިމެނެއެވެ.

- ކޮމެންޓް
3 ފެބްރުއަރީ 2021 | ބުދަ 13:03
ޖުރީ
އަދިވެސް 7 ފެބުރުއަރީން ފެށިގެންތަ؟ އަހަރުންނަށް ވަރިހަމަ މިހާރުން ފެށިގެން ވިޔަސް، އަހުން މާސްކު އަޅަން ފެނުނީމަ އަޅާފަ، ނެގަން ފެނުނީމަ ނަގާނީ. އަހުން އުޅޭނީ ބިދޭސީ ބޭފުޅުން ހަދާ ގޮތެއް ބަލައިގެން އެގޮތަށް