ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 18:02
މާލެ ސަރަޙައްދުގައި މީގެ ކުރިން ހިންގި ކާފިއުގެ ތެރެއިން- ރާއްޖެއިން ފެންނަމުންދާ ކޭސްތައް އަނެއްކާވެސް ވަނީ އިތުރުވެފައި
މާލެ ސަރަޙައްދުގައި މީގެ ކުރިން ހިންގި ކާފިއުގެ ތެރެއިން- ރާއްޖެއިން ފެންނަމުންދާ ކޭސްތައް އަނެއްކާވެސް ވަނީ އިތުރުވެފައި
ރާއްޖެއެމްވީ
މާލެ ސަރަޙައްދުގައި ކާފިއު ހިންގުން
ރޭގަނޑު 11ން ފެށިގެން ފަތިހު 4:30ށް މާލެ ސަރަޙައްދުގައި ކާފިއު ހިންގަނީ
24 ގަޑިއިރު، މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 215ށް އަރާފައި
ރޭގަނޑު 11ން ފެށިގެން ފަތިހު 4:30ށް މާލެ ސަރަޙައްދުގައި ކާފިއު ހިންގާނެ
ރޭގަނޑު 08:30ން ފެށިގެން ފަތިހު 04:30ށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރޭގަނޑު 11ން ފެށިގެން ފަތިހު 4:30ށް މާލެ ސަރަޙައްދުގައި ކާފިއު ހިންގަން ނިންމައިފިއެވެ.

އެޗްޕީއޭއިން މީގެ ކުރިން ކާފިއު އިއުލާނު ކޮށްފައިވަނީ ރޭގަނޑު 12:00ން ފަތިހު 4:00ށް އެވެ. އަދި އެއާއެކު، މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެއަށްފަހު، ފެންނަމުންދާ ކޭސްތަކުގެ އަދަދުތައް އިތުރުވުމާއެކު، އެޗްޕީއޭއިން އަނެއްކާވެސް މިވަނީ ކާފިއުގެ ވަގުތު އިތުރުކޮށް، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކެއްވެސް ކަނޑައަޅާފައެވެ.

އަންގާރަ ދުވަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވާފައިވާ އިއުލާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅެއްގެ ގޮތުން ބުދަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ހިންގަމުންދާ ކާފިއުގެ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ކުރިއަށް އޮތް 2 ހަފްތާގައި ރޭގަނޑު 11ން ފެށިގެން ފަތިހު 4:30ށް މާލެ ސަރަޙައްދުގައި ކާފިއު ހިންގުމަށް ނިންމާފައިވާއިރު، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރޭގަނޑު 08:30ން ފެށިގެން ފަތިހު 04:30ށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާ ކޮށްފައެވެ.

އެހެން ނަމަވެސް، ފްރަންޓްލައިންގެ އޮފިޝަލުންނާއި، އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން، ފަތިސް ނަމާދަށް މިސްކިތަށްދާ ފަރާތްތަކާއި، އިމަރޖެންސީކޮށް ޚިދުމަތްތައް ހޯދަންދާ ފަރާތްތައް އިސްތިސްނާވާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ގޮސްގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމާއި، އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުތައް ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން މާލެ ސަރަހައްދުގައި ކާފިއު ހިންގަން ފެށިއިރު، މި މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 50ން މަތީގައެވެ. އަދި މި ފާއިތުވި ހަފްތާގެ ތެރޭގައި އެ އަދަދުތައް ހުރީ 100ން މަތީގައެވެ. ފާއިތުވި 24 ގަޑިއިރު، މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 215ށް އަރާފައެވެ.

- ކޮމެންޓް