މޫސުން ގޯސްވެ ށ. އަތޮޅުން ވ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު 12:00ން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށެވެ.
އެ އިދާރާ އިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑު ގަޑިތަކުގައި މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް އުދައިގެ އަސަރު ކުރާނެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
ށ. އަތޮޅުން ވ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައިވާއިރު މިއަދު ހެނދުނު 10:00ންް މާދަމާ ހެނދުނު 10:00ށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަން ފާހަގަކޮށް އެ އިދާރާ އިން ބުނީ ދެކުނު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަަމަށާއި މެދުރާއްޖެތެރެއާއި އުތުރު ސަރަޙައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައިވެއެވެ. ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އުުތުރާއި މެދުރާއްޖެތެރޭއަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.