ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 18:47
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމު- މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުރި ރަށްތަކުން އަވަހަށް މަންފާ ލިބެންޖެހޭކަން ފާހަގަ ކުރައްވާފައި.
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމު- މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުރި ރަށްތަކުން އަވަހަށް މަންފާ ލިބެންޖެހޭކަން ފާހަގަ ކުރައްވާފައި.
ފޮރިން މިނިސްޓްރީ
ފަތުރުވެރިކަމަށް ތަރައްޤީ ކުރާ ރަށްތައް
އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ނުހެދި އޮތް ރަށްތައް: މިނިސްޓަރ މައުސޫމް
އައު އިންވެސްޓްމަންޓުތައް ކުރުމަށް މިވަގުތު ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލެއްވި
މިދިޔަ އަހަރުތަކުގައި ނުހަދާ އޮތް 85 ރަށް އެބައޮތް
ސަރުކާރުންވެސް ބޮޑަށް ބާރު އަޅަނީ އަވަހަށް އެ ރަށްތައް ތަރައްޤީ ކުރުމަށް

ފަތުރުވެރިކަން ކުރިއަރުވައި މާރކެޓު ކުރުމަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީ ކުރުމަށް ކަނޑައަޅައި، ނުނިންމައި ހުރި ރަށްތައްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ފަތުރުވެރިކަން އައު މާރކެޓުތަކަށް ގެންގޮސް، އައު އިންވެސްޓްމަންޓުތައް ކުރުމަށް މިވަގުތު ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނުހެދި ހުރި ރަށްތައްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރުތަކުގައި ނުހަދާ އޮތް 85 ރަށް އެބައޮތް ކަމަށެވެ. އަދި އެ 85 ރަށަކީ އޭގެ ޒާތުގައި އެތައް ބައިވަރު އިންވެސްޓްމަންޓްތަކަކާއި، އެތައް ބައިވަރު ވަޒީފާތަކެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ރަށްތަކުގެ ތެރޭގައި ހިމެނެނީ 61 ރަށް އޭގެ ޒާތުގައި، ދެން އެބައޮތް 24 ފަޅު، އޭގެ ތެރެއިން 5 ފަޅު މިހާރު ހިއްކާ ނިންމައިފި، އަނެއް 5 ފަޅު މައްޗަށް ހިކިލާފައި އޮތީ، އަނެއްބައި އަދި އޮތީ ކަނޑު އަޑީގައި، މީ މިކަންތައް ހުރިވަރު، އަޅުގަނޑުމެންނަށް މިކަންކަން ބަހައްޓައިގެން ނުތިބެވޭނެ، މިތަންތަން ހަދަން ޖެހޭ، ކޮންސްޓްރަކްޝަން ޕީރިއަޑް މި އޮންނަނީ އިތުރުކޮށްކޮށް، ރަށުގެ ކުރިމަތީގައި އޮވޭ ޓޫރިޒަމަށް ހަދަން ދީފައި އޮންނަ ރަށެއް، ދުވަހަކު ހެދެނީކީ ނޫން،
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމު

މިނިސްޓަރ ވިދާޅުވީ، މިހާރު ޤަވާއިދަށް ގެނެސްފައި އޮތް ބަދަލުގެ ދަށުން، ކޮންސްޓްރަކްޝަން ޕީރިއަޑާ ގުޅޭގޮތުން ކޮންޓްރެކްޓަރުންނާ ވާހަކަ ދެއްކުމަށްފަހު، ވަކި މުއްދަތެއް ދެވިގެންދާނެ ކަމަށެވެ. އަދި އެއަށް ޢަމަލު ނުކޮށްފިނަމަ، އޮޓޮމެޓިކުން އެރަށް ވަކިވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް، ވަކި ކުރުމުގެ ބަދަލުގައި ސަރުކާރުންވެސް ބޮޑަށް ބާރު އަޅަނީ އަވަހަށް އެ ރަށްތައް ތަރައްޤީ ކުރެވި، ބޭނުން ހިފެން ފެށުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށްފަހު، ދުނިޔޭގެ އައު މާރކެޓުތަކަށް ފަތުރުވެރިކަން ފުޅާ ކުރުމުގެ މަސައްކަތްތައް ފައްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިހާރު ރަށްތައް ނަގައިގެން ތިބި ކޮންޓްރެކްޓަރުންނަށްވެސް ޚާއްސަ މެސެޖެއް ދެއްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ރަށްތައް ނަގައިގެން ބޭނުން ނުހިފި އޮންނަނަމަ، "އެ ރަށްތައް ރަނަކަށް ބަދަލެއް ނުވާނެ" ކަމަށެވެ. އަދި އެ ރަށްތަކުގެ އިކުއިޒިޝަން ކޯސްޓާއި، ލޭންޑް ވެލިއު މައްޗަށް ދާނެ ކަމަށް ބަލައިގެން ރަށްތައް ތަރައްޤީ ނުކޮށް ބޭއްވުމުގެ ބޭނުމެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައު ސަރުކާރު އައުމަށްފަހުވެސް، ފަތުރުވެރިކަމުގެ ބޭނުންތަކަށް އިތުރު ރަށްތައް ތަރައްޤީ ކުރުމަށް ޙަވާލު ކުރުމުގެ ކަންކަން ކުރިއަށްދެއެވެ. އެގޮތުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުވެސް 28 ރަށެއް ކަނޑައަޅުއްވާފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އޭގެ ތެރެއިން 4 ރަށެއްގެ ބީލަމުގެ ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

- ކޮމެންޓް