ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 08:27
ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރާނީ އެމެރިކާ އަދި ސައުތު އެފްރިކާގެ އިތުރުން އިންޑިއާ އަދި ޔޫރަޕްގައި
ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރާނީ އެމެރިކާ އަދި ސައުތު އެފްރިކާގެ އިތުރުން އިންޑިއާ އަދި ޔޫރަޕްގައި
ޖޯންސަން އެންޑް ޖޯންސަން
ޖޯންސަންގެ ކޮވިޑް-19 ވެކްސިން
ޖޯންސަންގެ ކޮވިޑް-19 ވެކްސިން، 66 އިންސައްތަ ކާމިޔާބު
 
އެކުންފުނިން ވަނީ 2021 ވަނަ އަހަރު ވެކްސިންގެ އެއް ބިލިއަން ޑޯޒް އުފެއްދުމަށް އަމާޒުހިފާފައި
 
އެމެރިކާގައި އެކުންފުނިން ކުރިއަށް ގެންދިޔަ ޓްރަޔަލް 72 އިންސައްތަ ކާމިޔާބު
 
ޖޯންސަންގެ ވެކްސިން ޓްރަޔަލްގައި 44،000 ވޮލެންޓިއަރުން ބައިވެރިވެފައިވޭ

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން 66 އިންސައްތަ ކާމިޔާބުކަމަށް ދައްކާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ޖޯންސަން އިން ކޮވިޑް-19 އަށް އުފައްދާފައިވާ އެއް ޑޯޒްގެ ވެކްސިން 66 އިންސައްތަ ކާމިޔާބުކަމަށް އެކުންފުނިން ހާމަކޮށްފައި ވަނީ ގިނަ ޓްރަޔަލްތަކެއް ކުރިއަށް ގެންދިއުމަށް ފަހު މިއަހަރުގެ ޖެނުއަރީ 28ގައިއެވެ.

އެގޮތުން ކޮވިޑްގެ ތަފާތު ވޭރިއަންޓްތަކަށް މި ވެކްސިން ޓެސްޓުކޮށްފައިވާ އިރު، ޖޯންސަންގެ ވެކްސިން ޓްރަޔަލްގައި 44،000 ވޮލެންޓިއަރުން ބައިވެރިވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އެމެރިކާގައި އެކުންފުނިން ކުރިއަށް ގެންދިޔަ ޓްރަޔަލް 72 އިންސައްތަ ކާމިޔާބުކަމަށް ދައްކާފައިވާއިރު، ލެޓިން އެމެރިކާގެ ޓްރަޔަލް ކާމިޔަބުކަމަށް ދައްކާފައި ވަނީ 66 އިންސައްތަ ކަމަށް ޖޯންސަން އިން ބުނެއެވެ. އަދި ސައުތު އެފްރިކާގައި އެކުންފުނިން ކުރިއަށް ގެންދިޔަ ވެކްސިން ޓްރަޔަލް 57 އިންސައްތަ ކާމިޔާބުކަމަށް އެކުންފުނިން ބުނެއެވެ.

ޖޯންސަންގެ މި ވެކްސިން އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަދިނުމަށް އެދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މި ހަފުތާގެ ތެރޭގައި އެދުމަށް އެކުންފުނިން ނިންމާފައިވާ އިރު، އެކުންފުނިން ވަނީ 2021 ވަނަ އަހަރު ވެކްސިންގެ އެއް ބިލިއަން ޑޯޒް އުފެއްދުމަށް އަމާޒުހިފާފައެވެ.

ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާނީ އެމެރިކާ އަދި ސައުތު އެފްރިކާގެ އިތުރުން އިންޑިއާ އަދި ޔޫރަޕްގައިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް