ކ. މާލެ
|
30 ޖެނުއަރީ 2021 | ހޮނިހިރު 15:55
ވެސްޓް ހޭމާ ގުޅުނު އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް
ވެސްޓް ހޭމާ ގުޅުނު އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް
ގެޓީ އިމޭޖަސް
ލިންގާޑް ވެސްޓް ހޭމަށް ބަދަލުވުން
ލޯނު އުސޫލުން ލިންގާޑް ވެސްޓް ހޭމަށް
ލިންގާޑް ވެސްޓް ހޭމާ ގުޅުނީ ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށް
ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ލިންގާޑަށް ފުރުސަތު ލިބުން ވަނީ މަދުވެފައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް ލޯނު އެއްބަސްވުމެއްގެ ދަށުން ވެސްޓް ހޭމް ޔުނައިޓެޑަށް ވަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ލިންގާޑް ވެސްޓް ހޭމާ ގުޅުނީ ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށެވެ. ވެސްޓް ހޭމަށް ލިންގާޑް ބަދަލުވުމުން ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށާއި، މި ސީޒަނަށްފަހު އައު ރޫހެއްގައި ލިންގާޑް އެނބުރި ޔުނައިޓެޑަށް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ވެސްޓް ހޭމަށް ބަދަލުވުމަށްފަހު ލިންގާޑް ބުނީ ކެރިއަރުގައި އައު ތަޖުރިބާއެއް ކުރަން ކެތްމަދުވެފައިވާ ކަމަށެވެ. އަދި ވެސްޓް ހޭމާ ގުޅުނު ނަމަވެސް، އޭނާއަށް އެއްވެސް ކަމެއް ޔަގީންނުވާ ކަމަށާއި، ވެސްޓް ހޭމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށްވެސް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ބޭނުންވަނީ ގިނަ މެޗުތަކެއް ކުޅެ އޭނާގެ ފެންވަރު ދެއްކުމަށް ކަމަށްވެސް ލިންގާޑް ވަނީ ބުނެފައެވެ.

ލޯނު އުސޫލުން ވެސްޓް ހޭމަށް ލިންގާޑް ބަދަލުވިއިރު، މީގެ ކުރިން އޭނާ ވަނީ ލޯނު އެއްބަސްވުންތަކުގެ ދަށުން އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގެ ބައެއް ކުލަބުތަކަށް ކުޅެފައެވެ. އޭގެ ކުރިން 2011 ވަނަ އަހަރު ޔުނައިޓެޑުން ސީނިއާ ކެރިއަރު ފެށި ލިންގާޑް ވަނީ މިހާތަނަށް އެ ކުލަބަށް 210 މެޗު ކުޅެދީ 33 ލަނޑު ޖަހާދީފައެވެ.

އެކަމަކު މި ފަހުން ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ލިންގާޑަށް ފުރުސަތު ލިބުން މަދުވެފައިވާއިރު، މި ސީޒަނުގައި އޭނާ ޔުނައިޓެޑަށް ކުޅެދީފައިވަނީ އެންމެ ތިން މެޗެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް