ކުޅަދާނަ ދިވެހި ޑިވެލޮޕަރުން މަސައްކަތްކުރާ އެނިމޭޝަން ޕްލެޓްފޯމެއް ކަމަށްވާ ލޮޓީފައިލްސްއަށް މައިކްރޯސޮފްޓްގެ ވެންޗަރ ފަންޑުން ނުވަ މިލިއަން ޑޮލަރުގެ އެހީ ލިބިއްޖެއެވެ.
ލޮޓީފައިލްސްއަށް ލިބުނު މި ފަންޑަކީ މައިކްރޯސޮފްޓްގެ އެމް12 އިން 500 ސްޓާޓްއަޕް ކުންފުންޏަކަށް ދޫކުރި ފައިސާގެ އެހީތެރެއިން އެހީއެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރްގައި 2018 ވަނަ އަހަރު އުފެދުނު ލޮޓީފައިލްސްއަކީ ދިވެހި ޒުވާނެއްކަމަށްވާ ނައްޓު އަދްނާން އަދި ކުޅަދާނަ ވިޔަފާރިވެރިއެއް ކަމަށްވާ ޝްދީޖް މިންގްލާނީ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.
މި އެނިމޭޝަން ޕްލެޓްފޯމުން ލޮޓީ އެނިމޭޝަންސް، އެޑިޓިން އަދި ޓެސްޓިން ޓޫލްސް ލިބެން ހުންނަ އިރު، މިއީ އެނިމޭޝަންތަކަށް ރަނގަޅު މާކެޓެކެވެ. 65،000ށް ވުރެ ގިނަ ކުންފުނިން އެއް މިލިއަނަށް ވުރެ ގިނަ މީހުން ލޮޓީފައިލްސް ބޭނުން ކުރާއިރު، މި ކުންފުނިތަކުގެ ތެރޭގައި ގޫގްލް، ޓިކްޓޮކް، ޑިޒްނީ އަދި ނެޓްފްލިކްސް އަދި އެއަރބީއެންބީ ފަދަ ކުންފުނިތަށް ހިމެނެއެވެ.
ލޮޓީފައިލްސްގެ އިޔަރ އޮވަރ އިޔަރ ގްރޯތު 300 އިންސައްތަ އިތުރުވެފައިވާއިރު، މައިކްރޯސޮފްޓުން މިލިބުނު ފަންޑިން އާއި އެކު ލޮޓީފައިލްސްއިން މިވަނީ 10 މިލިއަން ޑޮލަރު ރެއިޒްކޮށްފައެވެ.
ޖިފް ނުވަތަ ޕީއެންޖީ ގްރެފިކްސްއަށް ވުރެ ކުދި ލޮޓީ އެނިމޭޝަންސް ސްކޭލްކުރަން ފަސޭހަވެފައި އިތުރު ކޯޑިން އާއި ނުލައި އިތުރު ޕްލެޓްފޯމްތަކުގައި ބޭނުން ކުރެވޭތީ ގިނަ ބައެއްގެ މެދުގައި ލޮޓީ އެނިމޭޝަންސް ވަނީ މަގްބޫލުކަން ހޯދާފައިއެވެ. ޑިޒައިނަރުންނާއި ޑިވެލޮޕަރުންގެ ކޮމިއުނިޓީއެއްގެ ގޮތުގައި އެފެދިގެން އައި ލޮޓީފައިލްސްގައި ކުޅަދާނަ ދިވެހި ޑިވެލޮޕަރުންނާއި ޑިޒައިނަރުން ދަނީ މަސައްކަތްކުރަމުންނެވެ.
ލޮޓީފައިލްސްއިން ހޯދި މިކާމިޔާބީއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ މަރުހަބާ ވިދާޅުވެފައެވެ.