ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 15:33
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް: ވެރިކަމުގެ ސަތޭކަ ދުވަސް ފާހަގަކުރަން ހުރިހާ ހަމަލާއެއް ދެއްވީ މީޑިއާތަކަށް
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް: ވެރިކަމުގެ ސަތޭކަ ދުވަސް ފާހަގަކުރަން ހުރިހާ ހަމަލާއެއް ދެއްވީ މީޑިއާތަކަށް
ގޫގުލް
ޓްރަމްޕްގެ ވެރިކަން
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
މީޑިއާތަކަށް ރައްދު ދެއްވި
ވައުދު ފުއްދަވަން ފެއްޓެވީ ކަމަށް ވިދާޅުވި
ކުރެވުނު ކަންކަމުގެ ލިސްޓު ވަރަށްކުރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ސަތޭކަ ދުވަހުގެ ތެރޭގައި ކޮށްފައިވާ ކަންކަމަށް ފާޑުކިޔާފައިވަނީ ގާބިލު ކަމެއްނެތް އަދި ތެދުވެރިކަމެއް ނެތް މީޑިއާތަކެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

 

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ވެރިކަމަށް 100 ދުވަސް ފުރުން ފާހަގަ ކުރެއްވުމަށް ޕެންސިލްވޭނިއާ ސްޓޭޓްގެ ހެރިސްބާގްގައި ބޭއްވެވި އެއްވުމެއްގައެވެ.

 

ވެރިކަމުގެ ސަތޭކަ ދުވަހުގެ ތެރޭގައި ކުރެވުނު ކަންކަން ހިއްސާކުރުމުގެ ބަދަލުގައި ޓްރަމްޕްގެ ބަހުގެ ޙަމަލާތައް މީޑިއާތަކަށް އަމާޒްވީ 100 ދުވަހުގެ ތެރޭގައި ޓްރަމްޕަށް ހޯއްދެވިފައި ވަނީ ވަރަށް ދަށް ނަތީޖާތަކެއް ކަމަށް ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވާތީއެވެ.

 

ވެރިކަމަށް ސަތޭކަ ދުވަސް ފުރުމުގެ އުފާފާޅުކުރަން ބޭއްވި އެއްވުމުގައި ވޭތުދިޔަ ދުވަސްތަކުގައި ކުރެވުނު ކަންކަމުގެ ލިސްޓުގެ ގޮތުގައި ޓްރަމްޕް ފާހަގަކުރައްވާފައިވަނީ ވަރަށް މަދު ކަންތައްތަކެކެވެ.

 

އެގޮތުން ގަވާއިދާ ހިލާފަށް އެތެރެވާ މީހުންގެ އަދަދު މަދުކުރެވުމާއި، ތިމާވެށްޓާ ބެހޭ ގަވާއިދުތައް ފާސްކުރެއްވުން ހިމެނެއެވެ.

 

މީގެ އިތުރުން ސުޕްރީމްކޯޓްގެ ބެންޗުން މަދުވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅެއްގެ ނަން ސެނެޓުން ނަމެއް ފާސްކުރެއްވުމާއި ވިޔަފާރިއާއިބެހޭ ގަވާއިދުތައް ފާސްކުރެއްވުން ހިމެނެއެވެ.

 

ޓްރަމްޕްގެ ވެރިކަމަށް 100 ދުވަސް ފުރުނުއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދުކަމުގައިވާ މެކްސިކޯއާ އެމެރިކާއާގެ ބޯޑަރުގައި ރާނާ ފާރުގެ ކަންތަކުގައި ޓްރަމްވަނީ ފަހަތަށް ޖެހިވަޑައިގެންފައެވެ.

 

އެވާހަކަތައް މީޑިއާތަކުގައި ހިއްސާކުރުމުން ޓްރަމްޕް ވިދާޅުވި ގޮތުގައި އިޚުލާސްތެރިކަމާއިއެކު ޒިންމާ އަދާކުރުމުގައި މީޑިއާތަކަށް ލިބިފައި ވަނީ ފެއިލްވާ ދަށް މާކްސްތަކެކެވެ.

 

މި އެއްވުމުގައި ޓްރަމްޕް ވިދާޅުވީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ މަސައްކަތް އަދި ކިރިޔާ ފެށްޓެވުނީ ކަމަށެވެ.

 

މެކްސިކޯއާ އެމެރިކާއާ ދެމެދު ރާނާ ފާރުގެ ކަންތައް މަޑު ޖައްސާލީ ބަޖެޓު ފާސްކޮސް ނުދީފާނެ ކަމުގެ ބިރަށެވެ.

- ކޮމެންޓް